ޖިންސީ ކުށް ކުރިކަން ސާބިތުވެ 32 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި
- ޙުސައިން އަޙުމަދު

- Jul 1, 2021
- 1 min read

ޖިންސީ ކުށުގެ ޢަމަލުތަކެއް ހިންގިކަން ސާބިތުވެ، ޢުމުރުން 52 އަހަރުގެ ފިރިހެނަކު ދިގު މުއްދަތަކަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.
ޕްރޮސެކިއުޓާރ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވީ ޢުމުރުން 52 އަހަރުގެ ދިވެހި ފިރިހެން މީހާގެ މައްޗަށް ވަނީ ޖިންސީ ކުށުގެ 4 ދަޢުވާއެއް ސާބިތުވެފައެވެ.
ޝަމީމް ވިދާޅުވިގޮތުގައި އޭނާ އެ ޢަމަލުތައް ހިންގައިފައިވަނީ ދޮންދަރިއަކާމެދުގައެވެ. އޭނާ ޖިންސީ ޢަމަލުތައް ހިންގީ 2019 ވަނަ އަހަރުގެ މެއިމަހުން ފެށިގެން 2020 ގެ ޖުލައިމަހާއި ހިސާބަށެވެ. ހަމައެހެންމެ 2020 ގެ ޖުލައިމަހުގައި އޭނާ ހައްޔަރުކުރިއިރު، އޭނާގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލީ ޖެހިގެންއައި އޯގަސްޓުމަހުގައެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މި މައްސަލައިގައި އެ މީހާއަށް ކޮށްފައިވަނީ 32 އަހަރާއި، 1 މަހާއި، 27 ދުވަހުގެ ޖަލު ޙުކުމެކެވެ.








Comments