https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޢުމުރުން 13 އަހަރުގެ ފިރިހެންކުއްޖާގެ މަރާލި، ޒިހާން 1 ޤަރުނަށް ޖަލަށް

  • މާހިރު މުޙައްމަދު
  • Aug 19, 2021
  • 1 min read

ހުޅުމާލޭ 2 ވަނަ ފިޔަވައްސާއި ދިމާ މޫދަށް ރަޙްމުކުޑަ ގޮތަކަށް މަރާލައިފައި އެއްލައިލައިފައި އޮއްވާ ފެނުނު ޢުމުރުން 13 އަހަރުގެ ފިރިހެންކުއްޖާގެ މަރުގެ މައްސަލައިގައި، ހައްޔަރުކުރި އިބްރާހިމް ޒިހާންގެ މައްޗަށް ޖުމްލަ 13 ދަޢުވާ އުފުލައިފައިވާާ އިރު، ސާބިތުވެއްޖެ ނަމަ 100 އަހަރުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް ޕްރޮސެކިއުޓާރ ޖެެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.


ޕްރޮސެކިއުޓާރ ޖެެނެރަލްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްރޮސެކިއުޓާރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ ޢުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ، ނ.ލަންދޫ/ބަގީޗާގޭ ޢުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާންގެ މައްޗަށް 7 ބާވަތެއްގެ 13 ދަޢުވާ އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ޒިހާންގެ މައްޗަށް އުފުލާފައި ވަނީ، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ 5 ދަޢުވާއާއި، މަސްތުވާތަކެތި ދީގެން ޖިންސީ ޢަމަލު ހިންގަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ގްރޫމްކުރުމުގެ ކުށުގެ ދަޢުވާއާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދަޢުވާއާއި، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދަޢުވާއާއި، ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދަޢުވާތަކެކެވެ.

މި ދަޢުވާާތައް ސާބިތުވެއްޖެ ނަމަ 100 އަހަރުގެ ޖަލު ޙުކުމެއް އަންނާނެކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page