އުމުރުން 13 އަހަރުގެ ފިރިހެންކުއްޖާގެ އހަށިގަނޑު ވަޅުނުލައި އޮންނަތާ 12 ދުވަސް
- Goal mv
- Jul 3, 2021
- 1 min read

ރަހީނުކޮށްގެން ވޭންދެނިވި އަނިޔާތަކެއް ދިނުމަށްފަހު މަރައިލައިފައި ފޮށްޓަކަށްލައިފައި އޮއްވާ ފެނުނު ޢުމުރުން 13 އަހަރުގެ ފިރިހެންކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް އަދި ވެސް ނުފޮނުވާ ކަމަށް، ފުލުހުން ހާމަކޮށްފިއެވެ.
މަރުގެ ހާދިސާތަކާއި ގުޅިގެން ޕޯސްޓުމޯޓަމް ހަދަން ޢާންމު ގޮތެއްގައި ރާއްޖެއިން މީހުން ފޮނުވަނީ އަވަށްޓެރި އިންޑިއާއަށެވެ. ނަމަވެސް ޯވިޑާއި ގުޅިގެން 2 ޤައުމުގެ ދެމެދުގައިކުރާ ވައިގެ ދަތުުރުފަތުރުތައް މުޅިންހެން ވަނީ ހުއްޓައިލައިފައެވެ.
ފުލުހުން ކުރިން ބުނީ ހުސްވި ހަފުތާގެތެރޭގައި ކުއްޖާގެ ހަށިގަނޑު ބޭރަށް ފޮނުވައިލެވޭތޯ މަސައްކަތްކުރަމުންދާ ކަމަށެވެ. ނަމަވެސް ހަފުތާ ހުސްވެ އައު ހަފުތާއަކާާއި ކުރިމަތިލީ އިރު ވެސް ކުއްޖާގެ ހަށިގަނޑު ބޭރަށް ފޮނުވައިލެވޭނެ ގޮތެއް ނުވެއެވެ. ސަބަބަކީ ރާާއްޖެއިން ބޭރުން ކުރަންޖެހޭ ކަމަކަށް ވާތީ އެކަމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރަން ވަގުތު ނަގާނެ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.
ކުއްޖާ މަރައިލައިފައި އޮއްވައި ފެނުނީ ޖޫންމަހުގެ 21 ވަނަ ދުވަހުގެރޭގައި ކަމަށްވާ އިރު، ކުއްޖާގެ ހަށިގަނޑު އަދި ވެސް ބާއްވައިފައި އޮތީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީގައެވެ.








Comments