އުމަރާއެކު ސިޔާސީ ގޮތުން ކުރިއަށް ދިއުމުގެ ވިސްނުމެއް ނެތް- ދުންޔާ
- ޙުސައިން އަޙުމަދު

- Aug 30, 2021
- 1 min read

ދުންޔާ މައުމޫން މޯލްޑިވްސް ނެޝަނަލް ޕާޓީއާއި ގުޅިވަޑައިގަންނަވަން ނިންމަވައިފިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމު އިސްވެ ހުންނަވައި އުފައްދަވާ އެމްއެންޕީއާއި ގުޅިވަޑައިގަންނަވަން ނިންމެވިކަން ހާމަކުރައްވައި ދުންޔާ މިއަދު ޢާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެމްއެންޕީއަށް ވަރަށް މުހިންމު ދައުރެއް އެބަ އޮތް ކަމަށެވެ. އަދި ހުޅުވިފައިވާ ފުރުސަތުތަކެއް އެމްއެންޕީގައި އެބަ އޮތްކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
”މިހާތަނަށް އަޅުގަނޑަށް ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާގެ ބޭނުންކުރަން އަޅުގަނޑު ބޭނުންވޭ. ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި، ޚާއްސަކޮށް ބެލެންސްޑް ފޮރިން ޕޮލިސީއެއް ރާއްޖޭގައި އޮތުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމުކަމެއް.“ ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ ރައްޔިތުންނަށް އިތުރު ކުރިއެރުންތަކާއި، ތަނަވަސްކަން ހޯދުމަށާއި، މިނިވަންކަން ދިފާޢުކުރަން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށާާާއި ދިވެހި އަންހެނުންނަށް ކުރިއެރުން ލިބިގެންދާ ތަން ފެނިގެންދިއުމަކީ އެ ކަމަނާ އެދިވަޑައިގަންނަވާ ގޮތްކަމަށް ވެސް ދުންޔާ ވަނީ ވިދާޅުވެފައެވެ.








Comments