ޓިކްޓޮކް ޝިފާ ސިޔާސީ ދާއިރާއަށް ނުކުންނަން އެމްއެންޕީއަށް ސޮއި ކޮށްފި
- މާހިރު މުޙައްމަދު
- Nov 18, 2021
- 1 min read

މަޝްހޫރު ޓިކްޓޮކް ތަރި މަރިޔަމް ޝިފާ މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ސޮއި ކޮށްފިއެވެ.
ޝިފާ އެމްއެންޕީ ޕާޓީއަށް ސޮއި ކޮށްފައި ވަނީ އެ ޕާޓީގެ ޔޫތް ވިންގުގެ ފަރާތުން ހުޅުވި "ނޫކަށި ލައުންޖު" ހުޅުވުމުގެ ރަސްމިއްޔާތަށް ފަހުއެވެ.
އެމްއެންޕީ އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާން ފަންނާނެއް ކަމަށްވާ މަރިޔަމް ޝިފާ އެ ޕާޓީއަށް ގުޅިއްޖެ ކަމަށާއި ޝިފާއަކީ އެމްއެންޕީގެ ޒުވާނުންގެ ލައުންޖް ހުޅުވުމަށް ފަހު ޕާޓީއަށް ސޮއިކުރި ފުރަތަމަ ފަރާތް ކަމަށެވެ.
ޝިފާއަކީ ޓިކްޓޮކް ތަރިއެއްގެ އިތުރުން ލަވަ އާއި ޑްރާމާތަކުގައި ވެސް ހަރަކާތްތެރިވާ ކުޅަދާނަ ފަންނާނެކެވެ.
އޭނާ ކުޅެފައިވާ ބައެއް ފިލްމްތަކާއި ޑްރާމާ އަދި ބައެއް ލަވަތަކުން ގިނަ ބައެއްގެ ހިތް ދަމައިގެންފައިވާ އިރު، ޝިފާއަކީ ނެށުމުގައި ވެސް ފުންނާބު އުސް ފަންނާނެކެވެ.
ޓިކްޓޮކް ޝިފާގެ ސޮޔާއެކު ދިވެހި އެތައް ޒުވާނުންނެއް އެމްއެންޕީއަށް ގުޅޭނެކަމަށް ބެލެވެއެވެ. އަދި ޓިކްޓޮކޭޭ އެއްފަދައިން ސިޔާސީ ދާއިރާގައި ވެސް ޝިފާގެ ހުނަރު ދައްކާނެކަމަށް ބެލެވެއެވެ.








Comments