https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ތިން ގެސްޓު ހައުސްއެއްގެ ހުއްދަ ބާތިލުކޮށްފި

  • މާހިރު މުޙައްމަދު
  • Jul 18, 2021
  • 1 min read


ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ޗްޕީއޭގެ ގަވާއިދާ ހިލާފަށް ހިދުމަތް ދިން 3 ގެސްޓުހައުސްއެއްގެ ހުއްދަ ބާތިލުކޮށްފިއެވެ.


ހުއްދަ ބާތިލުކުރި 3 ގެސްޓުހައުސްއަކީ ވެސް ހުޅުމާލޭގައި ހިންގަމުން އަންނަ ގެސްޓުހައުސްތަކެކެވެ. ނަމަވެސް ގެސްޓުހައުސްތަކުގެ ނަންތައްމިނިސްޓްރީން ހާމައެއް ނުކުރެއެވެ.


ހުއްދަ ބާތިލު ކުރި 3 ގެސްޓުހައުސްގައި ތިބި ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ރިސޯޓުތަކަށް ޗުއްޓީ ބަދަލު ކުރުމުގެ ފުރުސަތުދީފައެވެ.


ހުޅުމާލޭގެ 3 ގެސްޓުހައުސެއްގެ ހުއްދަ ބާތިލު ކޮށްފައިވާއިރު އިތުރު 3 ގެސްޓުހައުސްއަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އިންޒާރުދީފަ އެވެ.


އެޗްޕީއޭގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި މި މަހުގެ ނިޔަލަށް ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ގެސްޓުހައުސްތަކުގައި ނުތިބެވޭނެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page