”ތިލަމާލެ“ ބުރިޖުގެ އެއްބަަސްވުމުގައި ސޮއިކޮށްފި
- މާހިރު މުޙައްމަދު
- Aug 26, 2021
- 1 min read

”ތިލަމާލެ“ ބުރިޖުގެ އެއްބަަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މާލެއާއި، ވިލިމާލެއާއި، ތިލަފުށްޓާއި، ގުޅީފަޅު ގުޅުވައިލާ ”ތިލަމާލެ“ ބުރިޖުގެ މަޝްރޫޢު އިންޑިއާގެ އެފްކޮންސް އިންފްރަސްޓްރަކްޗާރ ކުންފުންޏާއި ހަވާލުކުރީ ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ތިލަމާލެ ބްރިޖަށް އިންޑިއާއިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އޭގެ އިތުރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް ދީފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ފުން ހިސާބުތަކުގައި 141 މީޓަރުގެ މެރިން ވިއަޑަކްޓް އާއި، ތިލަ ހިސާބުތަކާއި، އެއްގަމުގައި 2.32 ކިލޯ މީޓަރުގެ މެރިން ވިއަޑަކްޓް އާއި، 2.96 ކިލޯ މީޓަރުގެ އެޓް ގްރޭޓް މަގުތަކެއް ހިމެނޭހެން ރަށްތަކުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި 140 މީޓަރުގެ (3) ނެވިގޭޝަން ބުރިޖު އެޅިގެންދާނެއެވެ.

މީގެ އިތުރުން މާލެ، ވިިލިމާލޭގެ ލޭންޑް އިންޓާރޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ޤާއިމުކުރާނެއެވެ. ހަމައެހެންމެ ގުޅިފަޅު، ތިލަފުށީގައި ރައުންޑް އެބައުޓްތަކެއް ޤާއިމުކުރުމާއި، ކޮންމެ ރަށެއްގައި ވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލެއް ޤާއިމުކުރާނެއެވެ. ހަމައެއާއެކު ލޭމްޕް ޕޯސްޓްތަކާއި، ބްރިޖުގެ ޕަރަޕެޓްތަކުގައި ސޯލާ ޕެނަލް ހަރުކުރާނެއެވެ.









Comments