ތަޅާ އަނިޔާ ކުރުމަށްފަހު އައިޖީއެމްއެޗް ކައިރިއަށް މީހަކު އެއްލާލައިފި
- މާހިރު މުޙައްމަދު
- Nov 18, 2021
- 1 min read

ފައިސާ ހޯދަން ވެގެން އެމްއެންޑީއެފްގައި މަސައްކަތް ކުރާ މީހަކު ރަހީނުކޮށް ގިނަ އިރުތަކެއް އަނިޔާކުރުމަށްފަހު އެމީހާ އައިޖީއެމްއެޗް ކައިރިއަށް އެއްލާލައިފިއެވެ.
އޭނާ ރަހީނު ކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި މުޅި ރޭ އެއްކޮށް ރަހީނުކޮށް ފައިސާ ހޯދުމަށް ބިރުދައްކާ އަނިޔާ ކުރުމަށް ފަހު އެމީހާ އަތުން އެެއްވެސް ފައިސާއެއް ލިބިފައި ނުވާތީ މިއަދު ހެނދުނު ގެންގޮސް އައިޖީއެމްއެޗް ކައިރިއަށް ވަނީ އެއްލާފައެވެ.
އޭނާގެ ބުރަކައްޓަށާއި މޫނު މަތީގެ އިތުރުން އެކި ތަންތަނަށް އަނިޔާކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 9:55 ހާއިރު ލިބިފައިވާ ކަމަށެވެ.
މި މައްސަލާގައި ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.








Comments