ޓެސްޓްތައް ހެދުމަށް ފަހު މަހްމޫދުގެ ހަށިގަނޑު ދަނގެއްޗަށް ގެންގޮސްފި
- މާހިރު މުޙައްމަދު
- Oct 15, 2021
- 1 min read

މަރާލާފައި އޮއްވާ އިއްޔެ ފެނުނު އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ ހަށިގަނޑު މާލެ ގެނެސް ޓެސްޓްތަކެއް ހެދުމަށް ފަހު ހަށިގަނޑު އަނބުރާ ރަށަށް ގެންގޮސްފިއެވެ.
މަހްމޫދުގެ އާއިލާއިން ބުނީ، ހަށިގަނޑު ރަށަށް ގެނެވުމާއެކު ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި، މިހާރު މަސައްކަތް ކުރަމުން ދަނީ އަސުރު ނަމާދަށް ފަހު ޖަނާޒާ ކުރިއަށް ގެންދަން ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަހްމޫދު ގެ ހަށިގަނޑަ މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސް އައިޖީއެމްއެޗުގައި ޓެސްޓް ތަކެއް ހަދާފައި ވަކަމަށާއި، ނަމަވެސް ހަދާފައި ވަނީ ކޮން ޓެސްޓުތަކެއް ކަމެއް އޮފިޝަލް ވިދާޅުވެފައި ނުވެއެވެ.
މަހުމޫދު މަރާލި ކަމުގެ ތުހުމަތު އާންމުން ކުރަނީ އއ. ތޮއްޑޫން އިން ދަނގެއްޗަށް ބަދަލުވި 3 މީހަކަށެވެ. އޭގެ ތެރެއިން 2 މީހަކަށް އާންމުން ހަމަލާދިނުމުން ފުލުހުން ވަނީ އެ 2 މީހުންނަށް ހިމާޔަތް ދީފައެވެ. އަދި ފަހުން އަންހެނަކަށް ވެސް ހިމާޔަތް ދީފައިވެއެވެ. މި އަންހެން މީހާއަކީ ކުރިން ހިމާޔަތް ދިން 2 މީހުންނާ ގުޅުން ހުރި މީހެކެވެ.
އުމުރުން 57 އަހަރުގެ މަހްމޫދު މަރާލާފައި އޮއްވާ ފެނުނު އިރު އޭނާ އޮތީ ގޯންޏަކަށް ލައި، ފައި އައްސައި އެކޮޅު ކޮޅުން ވަޅަކަށް ތިރި ކޮށްފައެވެ.








Comments