ޓެލެގްރާމުގައި 1 މިލިއަން ބަރަހަނާ ފޮޓޯ ލީކު ކުރި ދިވެއްސަކަށް ދަޢުވާކުރަނީ
- މާހިރު މުޙައްމަދު
- Sep 26, 2021
- 0 min read

މީސްމީޑިއާގެ މަންސަތަކުގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯތަކެއް ލީކްކޮށްލިކަމަށް ތުހުމަތުކުރެވޭ މއ.އިސްޕަންޖުގޭ ޢުމުރުން 36 އަހަރުގެ މުޙައްމަދު މަސާޢިދު ބިން ސަމީޢުގެ މައްޗަށް މިއަދު ދަޢުވާކޮށްފިއެވެ.
ޕްރޮސކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނީ މަސާޢިދުގެ މައްޗަށް 11 ދަޢުވާއެއް އުފުލާފައިވާ ކަމަށެވެ. އެއީ އެކި މީހުންގެ ޒާތީ މަޢުލޫމާތާއި ބަރަހަނާ މަންޒަރު ދައްކައިދޭ ފޮޓޯއާއި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމާއި މީސްމީޑިއާގެ އެކި މަންސަތަކުގައި ޢާންމުކުރި މައްސަލައިގައެވެ. މަސާޢިދުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް: 1.އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ 3 ދަޢުވާ. 2.އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ 3 ދަޢުވާ. 3.އެނގިހުރެ ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހޯދުމުގެ ކުށުގެ ދަޢުވާ. 4.އެނގިހުރެ ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދަޢުވާ. 5.ޢަދުލު އިންސާފު ޤާއިމުކުރަން ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ. 6.އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާ. 7.އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާ. ކްރިމިނަލް ކޯޓުގައި ފުލުހުން ވަނީ މަސާޢިދު ބޭނުންކުރާކަމަށް ބެލެވޭ އައިޕީ އެޑްރެހެއް މެދުވެރިކޮށް ވިކްޓިމްގެ ފޮޓޯތަކެއް މީސްމީޑިއާއަށް ލީކްކޮށްލިކަން އެނގޭ ސްނެޕްޝޮޓްތަކެއް ހެކީގެ ގޮތުގައި ހުށަހަޅާފައެވެ. އަދި މީގެ ކުރިން ވެސް މަސާޢިދު އެފަދަ ޢަމަލުތަކެއް ހިންގި ކަމަށާއި އޭނާ ވަޒީފާއަދާކުރާ އޮފީހުގައި ބޭނުންކުރާ ހާޑް ޑިސްކް ނައްތާލައިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ހަމައެހެންމެ އޭނާ ވަޒީފާއަދާކުރާ އޮފީހާއި އޭނާގެ ގެއިން ގިނަ ޢަދަދެއްގެ އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. ފުލުހުން ބުނީ އޭނާގެ އޮފީހުގައި ބޭނުންކުރާ ސިސްޓަމުގެ 2 ޓީބީ ހާޑްޑްރައިވް ތަހުލީލުކުރުމުން އެއް މިލިއަނަށްވުރެ ގިނަ ބަރަހަނާ ފޮޓޯއާއި ޕާސަނަލް ފައިލްސް ފެނިފައިވާ ކަމަށެވެ.








Comments