ސްޕްރީމް ކޯޓު ކުރިމަތިން ރިމޯޓު ކާރެއް ފެނިގެން ސިފައިން އެލާރޓަށް
- ޙުސައިން އަޙުމަދު

- Jul 15, 2021
- 1 min read

ސްޕްރީމް ކޯޓު ކުރިމަތިން ރިމޯޓު ކޮންޓްރޯލްކޮށްގެން ދުއްވާ ކުޑަކުޑަ ކާރެއް ފެނުމާއި ގުޅިގެން އެ ސަރަހައްދު ބަންދުކޮށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެ ސަރަހައްދުން ފެނުނު ކާރު މިހާރު ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހަމައެހެންމެ ސިފައިންނާއި ފުލުހުން އެ ސަރަހައްދު ބަންދުކޮށް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެ ސަރަހައްދުން ފެނުނު ކާރާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ސަލާމަތީ ޚިދުމަތްތަކާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ. ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށް ފަހު، ރާއްޖޭގެ ސެކިއުރިޓީ ވަނީ މަތިކޮށްފައެވެ. އެ ގޮތުން ދައުލަތުގެ ބައެއް އިދާރާތަކުގެ ކުރިމަތީގައި ހަތިޔާރާއެކު ސިފައިން އަންނަނީ ސެކިއުރިޓީ ބަލަހައްޓަމުންނެވެ.








Comments