https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސުޕްރީމް ކޯޓުން ޕީޖީ އޮފީސް ޖޫރިމަނާކޮށް ލަދުގަންނަވާލައިފި

  • މާހިރު މުޙައްމަދު
  • Nov 22, 2021
  • 1 min read



ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހަކަށް ގަޑިޖެހިގެން ހާޒިރުވުމުން އެ ކޯޓުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ޖޫރިމަނާކޮށްފިއެވެ.


ޕީޖީ އޮފީސް ޖޫރިމަނާކުރީ 2010 ވަނަ އަހަރު މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ޖަލަށް ލާފައިވާ އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހް 12 އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުމަކަށް ގަޑިއަށް ހާޒިރު ނުވުމުންނެވެ. އަދި ޖޫރިމަނާ ފައިސާ ދެއްކުމުން ނޫނީ ޝަރީއަތަށް ހާޒިރު ނުވޭވެނެ ކަމަށް ޕީޖީ އޮފީހަށް ވަނީ އަންގައިފިއެވެ.


ހެނދުނު 9:00 ގައި އޮންލައިންކޮށް ފަށަން އޮތް އަޑުއެހުމަށް އެ ގަޑިއަށް ޕީޖީ އޮފީހުން އޮންލައިން ނުވުމުން ޝަރީއަތް ފެށިފައި ވަނީ 12 މިނެޓް ފަހުންނެވެ.


މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވެ ފަނޑިޔާރު "ވަގުތަކީ ރަނަށް ވުރެ ވެސް އަގު ބޮޑު އެއްޗެއް. އެހެންވެ ގަޑިއަށް ސަމާލުކަން ދެއްވުން އެދެން. ޝަރީއަތް ވަގުތުން ފެށޭނީ ހުރިހާ ފަރާތްތަކުން ގަޑިއަށް އިހްތިރާމްކޮށްގެން،" ޝަރީއަތް ފައްޓަވަމުން ހުސްނުއްސުއޫދު ވިދާޅުވިއެވެ.


ޕީޖީ އޮފީސް ޖޫރިމަނާކުރިކަން އެންގެވުމުގެ ކުރިން ފަނޑިޔާރު ސުއޫދު ވިދާޅުވީ ޗިޓެއް އަދި އަމުރެއްގައި ވަކި ގަޑިއެއް ކަނޑައަޅާފައިވާ ނަމަ އެއަށް ތަބާވާންޖެހޭނެ ކަމަށާއި އެއީ ވެސް ކޯޓުގެ އަމުރެއް ކަމަށެވެ. އަދި ކޯޓުގެ ކޮންމެ އަމުރަކީ ހުރިހާ ރައްޔިތުން އަދި ކޮންމެ މުއައްސަސާއަކުން ވެސް އިހްތިރާމްކުރަން ޖެހޭނެ އެއްޗެއްކަން ހަނދާންކޮށްދެއްވިއެވެ.


"އެހެންކަމަށްވާތީވެ ސުޕްރީމް ކޯޓުގެ ގަވައިދުގެ 88 ވަނަ މާއްދާގެ ށ.ގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، 250ރ. އިން ޖޫރިމަނާކުރަން ނިންމާފަ ވަނީ. އަދި އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމުން ނޫނީ ދެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ޝަރީއަތުގެ މަޖިލީހުގައި ބައިވެރިއެއް ނުވެވޭނެ،" ފަނޑިޔާރު ވިދާޅުވިއެވެ.


ޕީޖީ އޮފީސް ގަޑި ޖެހުނަސް މިއަދުގެ ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދަން ނިންމަވައި، މިއަދު ވަނީ ދެ ފަރާތުން ހުލާސާ ބަޔާން އިއްވަން ފުރުސަތު ދެއްވައިފައެވެ.


މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ، މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page