އަލީ ވަހީދު ޖަލަށްލާން ހުކުމް ކޮށްފި
- މާހިރު މުޙައްމަދު
- Aug 11, 2021
- 1 min read

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ޖަލަށްލާން ހުކުމް ކޮށްފިއެވެ.
އަލީ ވަހީދު ޖަލަށް ލާން ހުކުމް ކުރީ ސްޕްރީމް ކޯޓުގެ އަމުރަށް ތަބާ ނުވެ، އެ ކޯޓަށް ހާޒިރު ނުވުމުންނެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ސުޕްރީމް ކޯޓުގައި އަޑުއެހުމެއް މިއަދު ވެސް ބާއްވަފައިވާ އިރު، އަލީ ވަހީދު ޝަރީއަތަށް މިއަދުވެސް ހާޒިރުވެފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓަށް މިއަދު މެންދުރު 13:0އަށް ތާވަލުކޮށްފައިވާ ޝަރީޢަތަށް ހާޒިރުވުމަށް އަލީ ވަހީދަށް އަންގާފައިވާއިރު، މިއަދުގެ އަޑުއެހުމަށް ވެސް އަލީ ވަހީދު ހާޒިރުނުވުމުގެ ސަބަބުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ 2 މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.








Comments