އެސްޓީއޯއިން ބޭންކުގެ ހިދުމަތް ފަށަން ލައިސަންސްއަށް ހުށަހަޅައިފި
- މާހިރު މުޙައްމަދު
- Sep 7, 2021
- 1 min read

އެސްޓީއޯއިން ޑިޖިޓަލް ބޭންކުގެ ހިދުމަތް ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ލައިސަންސް ހޯދުމަށް މިއަދު ހުށަހަޅައިފިއެވެ.
ޑިޖިޓަލް ބޭންކް ފެށުމަށް ލައިސަންސަށް އެދި އެމްއެމްއޭ އަށް ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ އެކުންފުނިން ފަށަން ގަސްދުކޮށްފައިވާ ބޭންކިންގެ ހިދުމަތަކީ މުޅިން ޑިޖިޓަލްކޮށް ކުރިއަށް ގެންދާނެ ބޭންކެއް ކަމަށާއި، މިއީ އެހެން ބޭންކުތަކާ ހިލާފަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިދުމަތް ހޯދޭނެ ބޭންކެއް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އަމްރު ވިދާޅުވީ، އޭނާ ވިދާޅުވީ، ބޭންކު ހުޅުވާނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި ކަމަށާއި ބޭންކު ހިންގަން ބޭނުންވާ ތަޖުރިބާކާރުން ބޭރުން ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެސްޓީއޯގެ އަމާޒަކީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އާންމުންނަށް ޑިޖިޓަލް ބޭންކިން ހިދުމަތް ދޭން ފެށުމެވެ.








Comments