ސޮނޭވާޖީ ރިސޯޓް ޖީއެމް އެ ރިސޯޓް މުވައްޒަފުންގެ ފައިގައި ބޮޑު ހިލި ހިލާޖަހާއި ބަނދެލައިފި
- Goal mv
- Jul 16, 2021
- 1 min read

ރިސޯޓް މުވައްޒަފުންނަށް އެޗްޕީއޭ އިން ދިން ލުއިތަކާއެކު ނ. މެދުފަރުގައި ހިންގަމުން އަންނަ ސޮނޭވާ ޖާނީ ރިސޯޓް މުވައްޒަފުން ބޮޑު ހިލި ހިލާޖަހާ ބަނދެލުމަށް ފަހު ރިސޯޓް ޖީއެމް ބެލްޖިއަމްއަށް ޗުއްޓީއަށް ފުރައިފިއެވެ.
ކޮންމެ މުވައްޒަފަކަށް މީގެ ކުރިން ވެސް އޮފްޑޭގެ 8 ދުވަސް އެއްކޮށް ލައިގެން ރަށަށް ދެވެން އޮތް އޮތުން ނިމުމަކަށް ގެނެސް އެ ރިސޯޓް ޖީއެމް ނިންމާފައި ވަނީ އެއްވެސް މުވައްޒަފަކަށް ރިސޯޓުން ބޭރުގައި އޮފް ދުވަސް ބޭނުން ނުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން އޮފް ދުވަސް ބޭނުން ކުރެވޭނީ ރިސޯޓް ގައި ހުރެގެން ކަމަށް ވެސް ވަނީ ނިންމާފައެވެ. ޗުއްޓީއަށް ދާއިރު މީގެ ކުރިން އަމަލު ކުރަމުން އަންނަ ގޮތުން ނަމަ އޮފް ދުވަސް ވެސް ޗުއްޓީއާއެކު އެއްކޮށް ލައިގެން އާއިލާ ކައިރިއަށް ދެވެއެވެ.
ނަމަވެސް މީހާރު އޮތް ގޮތުން ހަމަ އެކަނި ޗުއްޓީއަށް ދެވޭނީ އެކަންޏެވެ. 11 މަސް ދުވަހު މަސައްކަތް ކޮށްފައި 1 މަސް ދުވަހަށެވެ.
ޗުއްޓީ ނިންމާފައި އަންނަ ކޮންމެ މުވައްޒަފަކު 7 ދުވަސް ރިސޯޓް ގައި އެކަހެރިކޮށް ކަރަންޓީނު ވެސް ކުރެއެވެ. ސޮނޭވާ ޖާނީ ރިސޯޓަކީ %100 ވެކްސިން ފުރިހަމަ ކޮށްފައިވާ ރިސޯޓެއްކަން ފާހަގަކުރަމެވެ.








Comments