https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސިމެންތި ބަސްތާ ވެއްޓި ނިޔާވި ކުއްޖާގެ މަރުގެ ބަދަލެއްގެ ގޮތުގައި 4.5 މިލިއަން ރުފިޔާ

  • މާހިރު މުޙައްމަދު
  • Sep 1, 2021
  • 1 min read

ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހަދަމުންދިޔަ ޢިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ، ނިޔާވި ރަވްޝަން ޖިއާންގެ މަރުގެ ބަދަލެއްގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ދެއްކުމަށް، ޑަބްލިއު ކޮންސްޓްރަކްޝަންގެ މައްޗަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.


ޢުމުރުން 7 އަހަރުގެ ރަވްޝަން ނިޔާވީ މަންމައާއެކު މަގުމަތިން ހިނގާފައި ދަނިކޮށް، ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހަދަމުންދިޔަ ޢިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް 2018 ވަނަ އަހަރުގެ ޑިސެންބަރު 16 ގައެވެ.


މި މައްސަލައިގައި ރަވްޝަންގެ މަންމަ ޑރ.ފަރުޒާނާ ޙުސައިންއާއި، ބައްޕަ މުޙައްމަދު ކަމާލުއްދީން ޖާވިދު ވަނީ، ދަރިފުޅު ނިޔާވީ ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ އިހުމާލުގެ ސަބަބުންކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓުގައި ދަޢުވާކޮށްފައެވެ. އިއްޔެ ވަނީ އެ މައްސަލައިގައި ޙުކުމްކޮށްފައެވެ.


ސިވިލް ކޯޓުން ޙުކުމްކޮށްފައި ވަނީ، 2018 ވަނަ އަހަރުގެ ޑިސެންބަރު 16 ގައި ޑަބްލިޔު ކޮންސްޓްރަކްޝަންއިން މަސައްކަތްކުރަމުން ދަނިކޮށް، ސިމެންތި ބަސްތާތަކެއްގެތެރެއިން ދުވާރު މައްޗަށް ވާގޮތަށް ވެއްޓުނު ސިމެންތި ބަސްތާއަކުންޖެހި ރަވްޝަން އަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވީ،

ޑަބްލިޔު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް، އެ ކުންފުނީގެ ރަސްމީ މަސައްކަތެއްގެތެރެއިން ކުޅަ ފަރުވާކުޑަ ޢަމަލުތަކެއްގެ ނަތީޖާގެ ސަބަބުންކަން ޖިނާޢީ މިންގަނޑުން ޝަރީޢަތަށް ސާބިތުވެފައިވާ ކަމަށެވެ.


އެ ގޮތުން ރަވްޝަންގެ މައިންބަފައިންނަށް ލިބުނު ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ޑަބްލިޔު ކޮންސްޓްރަކްޝަނުން އުފުލަން ޖެހޭނެކަމަށާއި، އުފުލަންޖެހޭނީ ވައިކޭރިއަސް ލައިބިލިޓީގެ ދަށުން އެ ޢަމަލު ކުރި ފަރާތްތައް ތަބާވާ އިދާރާގެ ހައިިސިއްޔަތުން ކަމަށެވެ. އެހެންކަމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ 17.4 މިލިއަންރުފިޔާގެތެރެއިން ނަގައިދެވޭނެ ގެއްލުމުގެ ބަދަލަކީ 4.5 މިލިއަން ރުފިޔާ ކަމަށާއި، 2 މަސް ދުވަހުގެތެރޭގައި އެ ފައިސާ ދެއްކުމަށް ޑަބްލިޔު ކޮންސްޓްރަކްޝަންްގެ މައްޗަށް ވަނީ ޙުކުމްކޮށްފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page