ސިކުނޑި މޮޔަވެ، ފިތުނަ ފަސާދަ އުފައްދަނީ ވެރިކަމުގެ ދަހިވެތިކަމާހުރެ- ޒައިދު
- Goal mv
- Jul 22, 2021
- 1 min read

ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު އައްޝައިޚް ޢަލީ ޒައިދު، ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ނުސީދާކޮށް ފާޑުވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ދަހިވެތިކަމަކީ ދުނިޔޭގައި ބައެއް މީހުންގެ ސިކުނޑި މޮޔަވެ، ހަމަމަގު ގެއްލިގެންދާކަމެއް ކަމަށާއި އެއީ ވަރަށް ބޮޑަށް ފިތުނަ ފަސާދަ އުފައްދާކަމެއް ކަމަށް ވެސް ޝައިޚް ޒައިދު ވިދާޅުވިއެވެ.
ވަކި ބޭފުޅެއްގެ ނަން ހާމަނުކުރައްވައި، ޝައިޚް ޒައިދު ވިދާޅުވީ ޢަދާލަތު ޕާޓީއަށް ނިސްބަތްކޮށް، ބައެއް ފަރާތްތަކަށް ”ހަރުކަށްޓޭ، މަޑުކަށްޓޭ، އަފްޣާނިސްތާނޭ“ ވިދާޅުވެވެނީ، ވެރިކަން ބޭނުންވެ، ވެރިކަން ނުލިބިގެންކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ.
ޒައިދުގެ އ ވާހަކަތަކަށް ޑރ.މުޙައްމަދު އިޔާޟް ތާއިދުކުރައްވައި ވިދާޅުވެފައި ވަނީ ރައްބު އިރާދަކުރެއްވިއްޔާ ދުވަހަކު ވެސް އެފަދަ ބޭފުޅުންނަށް ވެރިކަމުގެ ޢަރުޝިއާއި ކައިރިނުވެވޭނެ ކަމަށެވެ.
ރައީސް ނަޝީދު ދާދިފަހުން ޢަދާލަތު ޕާޓީއަށް ނިސްބަތްކޮށް ވާހަކަދައްކަވާފައިވާ ދަނޑިވަޅެއްގައި ޝައިޚް ޒައިދު މިހެން ވިދާޅުވެފައި މިވަނީއެވެ.








Comments