https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޝިދާތާ ޝަރީފް އަދާލަތު ޕާޓީން ވަކިވެއްޖެ

  • މާހިރު މުޙައްމަދު
  • Aug 22, 2021
  • 1 min read

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ރައީސް އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އަދާލަތު ޕާޓީން ވަކިވެވަޑައިގެންފިއެވެ.


އަދާލަތު ޕާޓީން ވަކިވެވަޑައިގަންނަވާކަން ހާމަކުރައްވާ ޝިދާތާ މިއަދު ވަނީ އެޕާޓީގެ މަޝްވަރާ މަޖިލީހަށް މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖްގައި ވިދާޅުވީ އަދާލަތު ޕާޓީގައި އަދާކުރައްވަމުން ގެންދެވި މަޤާމުތަކުންނާއި މެންބަރު ކަމުން ވަކިވެވަޑައިގަތުމަށް ނިންމަވާ އިސްތިއުފާގެ ސިޓީ ހުށައަޅުއްވާފައިވާ ކަމަށެވެ. އަދި ފާއިތުވެދިޔަ ދިގު މުއްދަތުގައި އަދާލަތުން ފަހިކޮށް ދެއްވި ފުރުސަތުތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ. "އަދި ތި ހުރިހާ ބޭފުޅުން ބެހެެއްޓެވި ގާތްކަމަށާއި އެކުވެރި ކަމަށް ހިތުގެ އަޑިން ޝުކުރު ދަންނަވަން. އެއްވެސް ބޭފުޅަކަށް އަޅުގަނޑުގެ ފުށުން ހިތް ނުތަވަސްވާ ކަމެއް ހިނގާފައިވާ ނަމަ މާފަށް އެދެން،" މަޝްވަރާ މަޖިލީހަށް ފޮނުއްވެވި މެސެޖްގައި ޝިދާތާ ވިދާޅުވެފައިވެއެވެ. އަދާލަތު ޕާޓީން ޝިދާތާ ވަކިވެވަޑައިގެންފައި މި ވަނީ އެ ޕާޓީން އައު އެކްޝަން ޕްލޭނެއް އެކުލަވާލަން ނިންމާ އެކަމަށް ނެގި ހާއްސަ ކޮމެޓީގައި ވެސް އެކަމަނާ ހިމަަނުއްވާފައި ވަނިކޮށެވެ. މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރަކީ ޝިދާތާއެވެ. އެކަމަނާ އެ މަޤާމަށް ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. ރައީސް ޞާލިހް ވެރިކަަމަށް ވަޑައިގަތުމަށް ކުރެއްވެވި ކެންޕެއިންގައި އަދާލަތުން އެންމެ އިސް ދައުރެއް އަދާކުރެއްވީ ޝިދާތާއެވެ.


ނަމަވެސް އެކި ތުހުމަތުތައް ކުރައްވާ އެކަމަނާގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ޕީޖީ ގުރޫޕުން ދެއްވުމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ސަރުކާރުންވެސް އަދި އަދާލަތު ޕާޓީންވެސް ޝިދާތާގެ ދިފާއުގައި ވާހަކަ ނުދެއްކުމުން މަޖުބޫރުވެވަޑައިގެންނެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page