ސީރީޒަށް ކުރިމަތިލި ފަރާތްތަކަށް އޮޮޑިޝަން ބާއްވައިފި
- މާހިރު މުޙައްމަދު
- Aug 15, 2021
- 1 min read

ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަންގެ އިތުރުން އަލަށް ފިލްމު އުފެއްދުމަށް ނުކުންނަ ޕްރޮޑަކްޝަނަކާ ގުޅިގެން އުފެއްްދުމަށް ތައްޔާރުވަމުން އަންނަ 52 އެޕިސޯޑްގެ ވެބް ސީރީޒަށް ކުރިމަތިލި ފަރާތްތަކަށް އޮޮޑިޝަނެއް ބާއްވައިފިއެވެ.
މި މަހު 12 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި 12 އެކްޓަރުންގެ އޮޑިޝަން ކުރިއަށް ދިޔައެވެ. އޮޑިޝަންގެ މަޢުލޫމާތު ދެމުން ހުނަރުވެރި އެކްޓަރ/ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ބުނީ މާލޭގައި ތިބި 12 ކުދިންގެ އޮޑިޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ދެން މި ސީރީޒަށް ކުރިމަތިލި ކުދިން ތިބީ މާލެއިން ބޭރުގައި ކަމަށެވެ.
އޭގެގެތެރެ އިން ވެސް ކުދިން ކޮޅެއް މާލޭގައި ވެސް އެބަ ތިބި ކަމަށާއި އެކުދިންނަށް ވެސް ފުރުޞަތު ދޭނެ ކަމަށެވެ.
އޮޑިޝަންގައި ބައިވެރިވި 12 ކުދިންނަށް ވެސް ފުރުޞަތު ދޭން ނިންމާފައިވާކަން ހާމަކުރަމުން ޔޫއްޕެ ބުނީ ކުދިންނަށް ދޭ ރޯލުތައް ބަހައިލަން އެނގޭނީ ކުދިންގެ އެކްޓިންގެ ފެންވަރަށް ބަލާފައި ކަމަށެވެ.

އެ ކުދިންނަށް ފުރުޞަތު ދޭނެ ކަމަށާއި ދޭ ފުރުޞަތުގެ ބޭނުން ކުރުމާއި ނުކުރުން އެއީ އެކުދިންގެ ކަމެއް ކަމަށްް ޔޫއްޕެ ބުނެއެވެ.








Comments