ސަލްމާން މިސްކިތް ހުޅުވަން ސަޢޫދީގެ ވަފުދެއް ރާއްޖެއަށް!
- މާހިރު މުޙައްމަދު
- Jun 30, 2021
- 1 min read

ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ބިނާކުރެއްވި “ކިންގް ސަލްމާން މިސްކިތް“ ހުޅުވުމުގެ މަޝްވަރާކުރުމަށް ސަޢޫދީޢަރަބިއްޔާގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވާާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދިން ގޮތުގައި، ސަލްމާން މިސްކިތް ހުޅުވުމާބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްޓަކައި، ސަޢޫދީގެ ވަފުދެއް ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެކަމާ ގުޅޭ ކަންކަން މިހާރު ކުރިއަށްދާ ކަމަށެވެ.
އެ ވަފުދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައިމަހުގެ 04 ގައިކަމަށާއި، އެނބުރި ފުރާވަޑައިގަންނަވާނީ 08 ވަނަ ދުވަހުގައި ކަމަށެވެ.
އިސްލާމިކް މިިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ ވަފުދުގެ ދަތުރުފުޅުގައި މިސްކިތް ހުޅުވާނެ ތާރީޚެއް އިއުލާނުކުރެވިގެންދާނެ ކަމަށެވެ.
ސަރުކާރުން މީގެ ކުރިން ހާމަކުރި ގޮތުގައި، މިސްކިތް ނުހުޅުވުނީ ކޮވިޑާއި ގުޅިގެން އެ ވަފުދުގެ ބޭފުޅުންނަށް ވަޑައިގެންނެވޭނެ ދަނޑިވަޅެއް ނާންނާތީ ކަމަށެވެ.








Comments