ސަޢޫދީގެ ވަފުދެއް ސަލްމާން މިސްކިތް ހުޅުވާ ތާރީޚު ކަނޑައެޅުމަށް ވަޑައިގެންފި
- މާހިރު މުޙައްމަދު
- Aug 29, 2021
- 1 min read

”ކިންގް ސަލްމާން މިސްކިތް“ ހުޅުވާނެ ތާރީޚު ކަނޑައެޅުމަށް މަޝްވަރާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާގެ ޚާއްސަ މަންދޫބުން ރާއްޖެ ވަޑައިގެންފިއެވެ.
މިއަދު ރާއްޖެއަށް ވަޑައިގެންނެވީ ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ އަންޑާރ ސެކްރެޓަރީ އައްވާދު ސަބްތީ އަލެނެޒީއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ ސަޢޫދީގެ މަންދޫބާއެކު ރަސްމީ މަޝްވަރާަތައް މާދަމާ ފަށްޓަވާނެ ކަމަށެވެ.
މާދަމާ ފަށާ މަޝްވަރާގެ މައިގަނޑު ބޭނުމަކީ މިސްކިތް ހުޅުވާނެ ތާރީޚެއް ކަނޑައެޅުމާއި، މިސްކިތް ހުޅުވަން ކުރަންޖެހޭ މަސައްކަތްތަކުގެ އިންތިޒާމުތައް ހަމަޖެއްސުންކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކިންގް ސަލްމާން މިސްކިތަަަަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ބިނާކުރިި މިސްކިތެއްކަން ފާހަގަކުރަމެވެ.








Comments