ބާއުވެ ހަލާކުވެފައިވާ އެމްބިއުލެންސްއެއް ނަޑެއްލާއަށް ފޮނުވައިފި
- މާހިރު މުޙައްމަދު
- Jul 31, 2021
- 1 min read

ގދ. ނަޑެއްލާއަށް ސަރުކާރުން ފޮނުވި އެމްބިއުލެންސް އަކީ، މީގެ ކުރިން ބޭނުންކޮށް ބާއުވެ ހަލާލުވެފައިވާ އެމްބިއުލެންސްއެއް ކަމަށް ނަޑެއްލާ ކައުންސިލުން ބުނެފިއެވެ.
ނަޑެއްލާ ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ ދެއަހަރަށްވުރެ ގިނަ ދުވަސް ފަހުން އެރަށަށް ފޮނުވި އެމްބިއުލާންސް އިން ބަލި މީހަކު އެރަށު ބަނދަރާއި ހަމައަށް އުފުލުމަށް ބޭނުން ކުރަން އުޅެ އުޅެ އެ އެމްބިއުލޭންސް ސްޓާރޓް ކުރެވޭނެ ގޮތް ނުވި ކަމަށާއި، އެންމެ ފަހުން ބަލިމީހާ އުފުލަން ޖެހުނީ، ރަށު ޕިކަޕެއްގައި ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.
އަދި އެމްބިއުލެންސް އަށް ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.
އެމްބިއުލެންސް ހަލާކުވުމުން އެމައްސަލަ ހެލްތު މިނިސްޓްރީއަށް ހުށައެޅުމުން ރާއްޖެއަށް ދެން އެންމެ އަވަހަށް އަންނަ އެމްބިއުލެންސް ތަކުން އެމްބިއުލެންސް އެށް ނަޑެއްލާއަށް ފޮނުވާނެ ކަމުގެ ޔަގީން ކަން ދީފައި ވާކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.
ނަޑެއްލާގައި އެމްބިއުލެންސް އެއް ނެތި ގިނަ ދުވަސް ތަކެއް ވެފައި ވާއިރު ދާދި ފަހުން އެރަށުން ވަނީ ބަލި މީހަކު ލޯންޗަށް އެރުވުމަށް ގޯންޏަކަށް ލައިގެން އުފުލާފައެވެ.








Comments