ސަރުކާރުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ގެ ހަމަޖައްސައިފި
- ޙުސައިން އަޙުމަދު

- Jul 24, 2021
- 1 min read

ރަސްމީ ގެކޮޅު ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރުު މުޢުތަސިމް އަދުނާނަށް ރެހެންދި އެޕާޓުމަންޓު ކޮމްޕްލެކްސްއިން އެޕާޓުމަންޓެއް ވަގުތީ ގޮތުން ހަމަޖެއްސުމަށް ސަރުކާރުން ނިންމައިފިއެެވެ.
މުރައިދޫގެއާއި، ރެހެންދި އެޕާޓުމަންޓު ކޮމްޕްލެކްސްގެ އެޕާޓުމަންޓަށް، ދެ ބާރުގެ ވެރިން ބަދަލުވެވަޑައިގަތުމުގެ ކުރިން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރަމުންއަންނަ ކަމަށް ސަރުކާރުން ވަނީ ހަމަކޮށްފައެވެ.
މި އަހަރުގެ މެއިމަހުގެ 6 ވަނަ ދުވަހު ބާރުގަދަ އައިއީޑީއެއް ގޮއްވައިލައި ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސާ ގޮތަށް ޤާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.








Comments