ސަރުކާރުން ޖިހާދަށް ދެމުންދާ އަނިޔާއަށް ކެތްނުކުރެއްވިގެން މަގުމައްޗަށް
- މާހިރު މުޙައްމަދު
- Sep 10, 2021
- 1 min read

އިދިކޮޅު ކޯލިޝަނުން ”އިންސާފު ހޯދަން“ މި ނަމުގައި ކުރިއަށްގެންދާ އިހުތިޖާޖުގައި ކުރީގެ ނައިބު ރައީސް ޖިހާދު ބައިވެރިވެވަޑައިގެންފިއެވެ.
ޕީޕީއެމް އޮފީސް ކުރިމަތިން ފެށި މި އިހްތިޖާޖުގެ ވަކި ހިސާބަކުން ޖިހާދު ވަނީ ބައިވެރިވި އިރު މިއީ އެ މަނިކުފާނު މިފަދަ އިހްތިޖާޖެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އެ މަނިކުފާނު އިހްތިޖާޖަށް ނިކުމެވަޑައިގެންނެވީ ރައީސް ޞާލިހުގެ ސަރުކާރުން އެ މަނިކުފާނަށް ދެމުންދާ އަނިޔާއަށް ކެތްނުކުރެއްވިގެން ކަމަށާއި، އެ ގޮތުން 10 ފަހަރެއްގެ މަތިން ކޯޓަށް ހާޒިރު ކުރިކަން ޖިހާދު ފާހަގަކުރެއްވިއެވެ.
ޖިހާދު ވިދާޅުވީ މިއަދު އޭނާއަށް އިހްސާސް ކުރެއްވެނީ ކަރުގައި ޚަންޖަރެއް ޖައްސާފައި ހުރި ހެން ކަމަށެވެ.
ޖިހާދު ވަނީ އެ މަނިކުފާނަށް ދެމުން އަންނަ އަނިޔާ ހުއްޓައިލެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށާއި، ޕްރޮސެކިއުޓާރ ޖެނެރަލަށާއި، އެޓާނީ ޖެނެރަލަށާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސަށް ގޮވައިލައްވާފައެވެ.








Comments