https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އިތުރު ގެސްޓުހައުސްއެއްގެ ހުއްދަ ބާޠިލްކޮށްފި

  • މާހިރު މުޙައްމަދު
  • Jul 19, 2021
  • 1 min read

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިނާއި ޚިލާފަށް ޚިދުމަތް ފޯރުކޮށްދެމުން ދިޔަ އިތުރު ގެސްޓުހައުސްއެއްގެ ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ސަަސްޕެންޑްކޮށްފިއެވެ.


ޓޫރިޒަމް މިނިސްޓްރީން ބުނީ، އެޗްޕީއޭއާއި އެ މިނިސްޓްރީން އެކުލަވައިލި ގައިޑްލައިނާއި ޚިލާފުވި ގެސްޓުހައުސްއެއްގެ ހުއްދަ ބާޠިލްކޮށްފައިވާ ކަމަށާއި އެއީ މާލެ ސަރަހައްދުގައި ހިންގާ ގެސްޓު ހައުސްއެއް ނަމަވެސް އެ ތަނުގެ ނަން ހާމަކޮށްފައެއް ނުވެއެވެ.


މި މަހުގެ 17 ގައި ވެސް އެޗްޕީއޭގެ ގައިޑުލައިނާއި ޚިލާފަށް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދެމުން ދިޔަ 3 ގެސްޓުހައުސްއެއްގެ ހުއްދަ ބާޠިލްކޮށްފައިވާ އިރު، އިތުރު 3 ތަނަކަށް ވަނީ އިންޒާރު ވެސް ދީފައެވެ.


ރާއްޖޭގެ ބޯޑަރު ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހުޅުވައިލީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް އެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށާއި، އެ ރަށްރަށުގެ ގެސްޓު ހައުސްތަކަށް ނުގެންދެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page