ޖުލައި 31 ވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދު
- ޙުސައިން އަޙުމަދު

- Jul 13, 2021
- 1 min read

ޖުލައި މަހުގެ 28 އަދި 29 ވަނަ ދުވަހަކީ ސަަރުކާރު ބަންދު 2 ދުވަހުގެ ގޮތުގައި ސަރުކާރުން ހަމަޖައްސަައިފިއެވެ.
މިއާއެކު އީދު ބަންދާއި، މިނިވަން ދުވަހުގެ ބަންދު އިތުރަށް ދިގުވެ، ބޮޑު ޗުއްޓީއެއް ސަރުކާރު މުވައްޒަފުންނަށް މި ވަނީ ލިބިފައެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އެގޮތަށް ހަމަޖައްސަވައިދެއްވާފައި ވަނީ އަޟްޙާ ޢީދާއި، މިނިވަން ދުވަހާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތައް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ ގޮތުން ކަމަށެވެ.
އަދި މިގޮތަށް ހަމަޖެއްސެވުމުން، ބަންދު ދުވަސްތަކަށް ފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.








Comments