މިނިސްޓަރު ޝާހިދު ޖަޕާނަށް ވަޑައިގެންފި
- ޙުސައިން އަޙުމަދު

- Aug 26, 2021
- 1 min read

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޝާހިދު ޖަޕާނަށް ވަޑައިގެންފިއެވެ.
ރޭ ފަތިހު ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު ޝާހިދު ވަނީ ޖަޕާނަށް ވަޑައިގެންފައިވާކަން ހާމަކުރައްވައިފައެވެ. އދ. ގެ ޢާންމު މަޖިލީހުގެ އިންތިޚާބީ ރައީސްކަން ކުރައްވާ މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅަކީ ޖަޕާން ސަރުކާރުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު، ޖަޕާނުގެ ބޮޑުވަޒީރު ސޫގާ ޔޮޝިހީޑޭގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ. އޭގެ އިތުރުން ޖަޕާނުގެ ފޮރިން މިނިސްޓަރާއި ވެސް ބައްދަލުކުރައްވާނެއެވެ. ހަމައެހެންމެ އދ. ގެ އާންމު މަޖިލީހުގެ މަސައްކަތްތަކާބެހޭ ގޮތުންނާއި، އާންމު މަޖިލީހުގެ ރިޔާސަތާއެކުގައި ޖަޕާާނުން މަސައްކަތްކުރުމާއި ބެހޭ ގޮތުން ޖަޕާނު ސަރުކާރާާއި މަޝްވަރާ ކުރެއްވުމަށް ވެސް ހަމަޖެހިފައިވެެއެވެ. މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، މިނިސްޓަރު ޝާހިދު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 28 ވަނަ ދުވަހުގައެވެ.








Comments