https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސަމާލުވޭ- އެޗްޑީސީގެ ނަމުގައި ފޭކް ކޯލްތަކެއް ކުރަނީ

  • މާހިރު މުޙައްމަދު
  • Jul 11, 2021
  • 1 min read

ހިޔާ މަޝްރޫޢުގެ ދަށުން ޢިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކަށް ގުރުއަތުން ލިބޭ ފުލެޓު ކަނޑައެޅުމަށްފަހު، ބާކީ ގުރުއަތުން އެއްވެސް ފަރާތަކަށް ކަނޑައެޅިފައިނުވާ ފުލެޓުތަކަށް ހޮވިފައިވާކަމަށް ބުނެ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) ގެ ނަމުގައި ފޭކް ކޯލްތަކެއް ކުރަމުންދާކަމަށް، އެ ކޯޕަރޭޝަނުން ބުނެފިއެވެ.


އެޗްޑީސީން މިއަދު ބުނީ، އެ ކޯޕަރޭޝަނުން ޢަމަލުކުރާ އުސޫލަކީ، ފުލެޓު ގުރުއަތުނަގަން ހަމަޖެހިފައިވާ ތާރީޚު އަދި އެ ދުވަހެއްގެ ގުރުއަތުގައި ފުލެޓު ކަނޑައެޅޭނެ ފަރާތްތައް ހިމެނޭ ލިސްޓު ޢާންމުކޮށް އަންގާ އިއުލާނުކުރުމަށްފަހު، ޓީވީގެ ޒަރީޢާއިން ގެނެސްދޭ ލައިވް ޕްރޮގްރާމެއް މެދުވެރިކޮށް ގުރުއަތުނެގުން ކުރިއަށް ގެންދިއުން ކަމަށެވެ.


ފުލެޓު ލިބުނު ވާހަކަ ނުވަތަ ނުލިބޭ ވާހަކަ ފޯނު މެދުވެރިކޮށް ނާންގާނެ ކަމަށާއި، މަޝްރޫޢުއާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ޢާންމުކުރާ ނަމަ އެކަން ކުރާނީ ޢާންމު އިއުލާނެއްގެ ޒަރީޢާއިން ނުވަތަ އެ ކޯޕަރޭޝަންގެ މީސްމީޑިއާ ޕޭޖުތައް މެދުވެރިކޮށް ކަމަށެވެ. އެޗްޑީސީން އެއްވެސް ފަރާތަކަށް ގުޅާނަމަ، ގުޅާނީ ކޯޕަރޭޝަންގެ ރަސްމީ ނަންބަރުތަކުން ކަމަށެވެ.


އޮޅުވައިލައިގެން އެޗްޑީސީގެ ނަމުގައި ކުރާ ކޯލްތަކަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.



 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page