https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސަލްމާން މިސްކިތް ބެލެހެއްޓުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް- ޑރ.ޒާހިރު

  • މާހިރު މުޙައްމަދު
  • Aug 5, 2021
  • 1 min read

ކިންގް ސަލްމާން މިސްކިތް ބެލެހެއްޓުން ވަރަށް ބޮޑު ގޮންޖެހުމަކަށްވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.


މިނިސްޓަރު ޑރ.ޒާހިރު ވިދާޅުވީ ސަލްމާން މިސްކިތް ހުރި ސަރަހައްދަކީ ވަރަށް ބޮޑަށް އުދައިގެ އަސަރުކުރާ ސަރަހައްދެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ ގެއްލުމަކާއި ކުރިމަތިލާން ޖެހުން އެކަށީގެންވާ ކަމަށެވެ.


މިސްކިތުގެ ބައެއް ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްގެންދާ އިރު ފާހަގަކުރެވޭ އެއްކަމަކީ މިސްކިތުގެ ބައެއް ދިމާއިން ދަބަރު ހިލި، ފިނިކުރުމަށްޓަކައި މިސްކިތުގެ ބޭރުގައި ބަހައްޓާފައި ހުރި ޔުނިޓުތަކަށް ދަބަރުގެ އަސަރުކޮށްފައިވާ ކަމެވެ. ނަމަވެސް އެކަމަށް ހައްލެއް ގެނައުމަށް މި ވަގުތު ވަކި ކަންތައްތަކެއް ރޭވިފައިނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.


ސަލްމާން މިސްކިތް ނުހުޅުވައި ގިނަ ދުވަސްވަމުންދާ އިރު، އެ މިސްކިތް ހުޅުވަން ތާރީޚެއް ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ ސަޢޫދީގެ ވަފުދެއް ރާއްޖެއަށް ވަޑައިގަތުމުންނެވެ.


ނަމަވެސް އެ ވަފުދު ރާއްޖެއަށް ވަޑައިގަންނަވާނީ ކޮންއިރަކުކަމެއް ނުވަތަ ވަފުދުގެ ބޭފުޅުން ވަޑައިގަތުން ލަސްވަނީ ވަކި ކޮން ސަބަބަކާހުރެކަމެއް އިސްލާމިކް މިނިސްޓަރަށް ވެސް އެނގިވަޑައިނުގަންނަވައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page