ސައިކަލުތަކެއްގައި ހުޅުޖެހި 3 މީހަކު ހައްޔަރުކޮށްފި
- މާހިރު މުޙައްމަދު
- Jun 29, 2021
- 1 min read

ކުޅުދުއްފުށި ސިޓީގެ ގެއެއްގައި ބަހައްޓައިފައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯކޮށްލި މައްސަލައާއި ގުޅިގެން 3 މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާއި ގުޅިގެން މި މަހުގެ 24 ވަނަ ދުވަހު، 43 އަހަރުގެ ފިރިހެނަކާއި، 35 އަހަރުގެ ފިރިހެނަކާއި، 36 އަހަރުގެ ފިރިހެނެކެވެ. 43 އަހަރުގެ މީހާ ހައްޔަރުކުރީ މި މަހުގެ 27 ގައިކަމަަށްވާއިރު، 35 އަހަރުގެ މީހާ ހައްޔަރުކުރީ މި މަހުގެ 26 ގައެވެ. 36 އަހަރުގެ މީހާ ހައްޔަރުުކޮށްފައިވާ ކަމަށް ފުލުހުން ބުނެެެެެއެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 36 އަހަރުގެ މީހާގެ ބަންދަށް ޖެހީ 15 ދުވަހެވެ. 43 އަހަރުގެ މީހާގެ ބަންދަށް ޖެހީ 05 ދުވަސްކަމަށްވާއިރު، 35 އަހަރުގެ މީހާގެ ބަންދަށް ޖެހީ 10 ދުވަހެވެ.








Comments