ކަސައިކަލެއް ކޮންޓްރޯލް ނުވެގޮސް ކަހާލައިގެން ވެއްޓި ޒުވާނަކަށް އަނިޔާ ވެއްޖެ
- މާހިރު މުޙައްމަދު
- Aug 8, 2021
- 1 min read

ބުރުޒުމަގު ލޮޓަސް ފިހާރަ ކައިރިން މަގު ބަންދު ކޮށްފައި ވަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ކަހާލައިގެން ވެއްޓި ޒުވާނަކަށް އަނިޔާ ވެއްޖެއެވެ.
ރޭ 23:10 ހާއިރު ލޮޓަސް ފިހާރަ ކައިރިން ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ވެއްޓި މީހަކަށް އަނިޔާ ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިިިިިިއެވެ. "އެ އެކްސިޑެއްޓުގައި އަނިޔާ ވެފައި ވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކަށް. އެމީހާއަށް އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާ ދެމުން،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުން ނެވެ.








Comments