ސާކްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ވަޑައިގެންފި
- މާހިރު މުޙައްމަދު
- Oct 10, 2021
- 1 min read

ސާކްގެ ސެކްރެޓަރީ ޖެނެރަލް އިސާލަ ރުވާން ވީރަކޫން ރާއްޖެއަށް ވަޑައިގެންފިއެވެ.
ސާކްގެ ސެކްރެޓަރީ ޖެނެރަލް އިސާލަ ރުވާން ވީރަކޫންގެ މި ދަތުރުފުޅަކީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ. ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި އިސާލަ ރުވާން ވީރަކޫންގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދާއި، އެމްބެސެޑާރ އެޓް ލާޖް އަދި ސާކްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ސަލީމާއި ވެސް ބައްދަލުކުރައްވާނެއެވެ. ހަމައެހެންމެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙާއި ވެސް ބައްދަލުކުރައްވާނެއެވެ.








Comments