https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރޮޒޭނާ އަށް ބުލީ ކުރާ ކަމުގެ ތުހުމަތުކޮށްފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 28, 2021
  • 1 min read


ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަށް މަޖިލީހުގެ ތެރެއިން ބުލީ ކުރުން ކުރިމަތި ވާ ކަމަށް ވިދާޅުވެއްޖެއެވެ.


ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބުލީ ކުރުމަކީ ހަމަ އެކަނި ސުކޫލްތަކުގައި ކުރާ ކަމެއް ނޫން ކަމަށާއި ސުކޫލް ދައުރުގައި އޭނާއަށް އެފަދަ ތަޖުރިބާތަކެއް ކުރެވިފައި ނުވާ ކަމަށެވެ.


ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އޭނާއަށް ބުލީ ކުރާ ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި ވިދާޅުވީ، އޭނާ ނިސްބަތްވާ ޕާޓީގެ މެންބަރުންނާއި އިދިކޮޅު މެންބަރުންގެ ފަރާތުން ވެސް ބުލީ ކުރުމުގެ އަމަލުތައް ފެނިފައިވާ ކަމަށެވެ.


އޭގެ ތެރެއިން އެއް ކަންތައް ހިއްސާ ކުރައްވަމުން ރޮޒައިނާ ވިދާޅުވީ މޫނަށް ކުޅު ޖެހުމުގެ އިތުރުން އެހެނިހެން ލައްކަ ކަންތައްތަކާއި ވެސް ދިމާވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދި މިވީހާ ތަނަށް ފަހަތަށް ޖެއްސިފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



"އަޅުގަނޑު ސިޔާސީ ދާއިރާއަށް ނިކުތީ އެއްވެސް މީހަކު ކިޔާހާ އެއްޗަކަށް އާނއެކޭ ކިޔާކަށް ނޫން. އަދި ބުލީ ކުރާ މީހުން ދެކެ ބިރުން އަޅުގަނޑަށް ގަބޫލު ނުކުރެވޭ ކަމެއް އެންޑޯސް ކޮށްފަ ވާހަކަ ދައްކާކަށް ވެސް ނޫން. އެއްބަސް ވެވޭނީ ގަބޫލު ކުރެވުނީމަ. އޭރުން އެކަމަކައިގެން އުޅޭނަން،" ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ރޮޒައިނާ ވިދާޅުވިއެވެ.


ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެންބަރުންނާއި ކައުންސިލް މެންބަރުންނާއި ލީޑާޝިޕްގައި ތިއްބަވާ ބޭފުޅުން، ބުލީ ކުރަން އުޅުމަކީ ވަރަށް ދެރަ ކަމެއް ކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ، ހާއްސަކޮށް ސިޔާސީ ދާއިރާގައި އުޅޭ މަދު އަންހެނުންނަށް ފޯކަސް ކޮށްގެން އެކަން ކުރުމަކީ ދެރަ ކަމެއް ކަމަށެވެ.


އެމްޑީޕީގެ އެތެރެއިން އޭނާއަށް ބުލީ ކުރާ ކަމަށް ތުހުމަތުކުރައްވާފައިވާއިރު، ފުރައްސާރަ ކުރިޔަސް ވިދާޅުވާން ޖެހިވަޑައިގަންނަވާ އެއްޗެއް ވިދާޅުވެ، ރޮޒައިނާ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެފައެވެ.


އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ މައްސަލަގަނޑުގެ ތެރޭގައެވެ.


އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ރޮޒެއިނާ އަށް ފާޑު ވިދާޅުވެ، ރައީސް ނަޝީދު ވަނީ ރޮޒެއިނާގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ނުޖެހޭނެ ކަމަށާއި އެއީ ކަށަވަރު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ފައްޔާޒުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ 30 މެންބަރުން ބުނުމުން ދެން ދިމާކުރަންވީ މެންބަރުންނަކާ ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.


ރައީސް ނަޝީދުގެ އެވާހަކަތަކަށް ރައްދު ދެއްވައި ރޮޒެއިނާ އޭރު ވިދާޅުވީ، "ޔެސް ބޮސް" ކިޔަން ދަސްވެފައި ނެތުމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމަށް އޭނާއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page