https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

28 އަހަރަށް ފަހު ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 11, 2021
  • 1 min read


ކޮޕަ އެމެރިކާ ފައިނަލުގައި 1-0 އިން ބްރެޒިލް ބަލިކޮށް އާޖެންޓީނާ އިން 28 އަހަރަށް ފަހު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.


ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ އެގްރެސިވް ކުޅުމެކެވެ. ކޮންމެ ޓީމެއްގެ ހާފުގެ ތެރޭގައި އިދިކޮޅު ޓީމުގެ ކުޅުންތެރިއަކަށް ބޯޅަ ލިބުމާ އެކީ ޕްރެޝަރ ކޮށް އިތުރަށް ކުޅުނަ ނުދީ ފައުލެއް ކޮށްގެން ވިޔަސް ކުޅުން ހުއްޓުވަ އެވެ.


މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 21 ވަނަ މިނެޓުގައެވެ. ރޮޑްރީގޯ ޑެ ޕޯލް ދިން ރީތި ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އެންހެލް ޑި މާރިއާއެވެ. އޭގެ ފަހުން މި މެޗުގައި ބްރެޒިލުން ނަތީޖާ އެއްވަރުކުރަން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އާޖެންޓީނާގެ ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މިއީ ބްރެޒިލްގައި ބޭއްވި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތެއްގައި އެ ޓީމަށް ތަށި ނުލިބި ނިންމާލަން ޖެހުނު ފުރަތަ ފަހަރެވެ. މިއަދުގެ ފައިނަލުގެ ކުރިން ބްރެޒިލް އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އާޖެންޓީނާ އަތުންނެވެ. މިއީ އާޖެންޓީނާގެ ތަރި އުމުރުން 34 އަހަރުގެ ލިއޮނަލް މެސީ، އެ ގައުމާއެކު ކާމިޔާބުކުރި ފުރަތަމަ ބޮޑު މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި މެސީ ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page