ރިޟްވާން ރަތްކާރަށް އަރުވާ ވީޑިއޯއެއް ޢާންމުކޮށްފި
- Goal mv
- Jul 1, 2021
- 1 min read

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ވީނުވީއެއް ނޭނގޭ ގޮތަށް ގެއްލުވައިލައިފައިވާ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރީއެނެކްޓްމެންޓް ވީޑިއޯއެއް މިއަދު ޢާންމުކޮށްފިއެވެ.
ނޫސްވެރިޔާ ރިޟުވާން ވީނުވީތަނެއް ނޭނގި ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހެޅުނީ 2014 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 13 ވަނަ ދުވަހުގައެވެ. ރިޔާސީ ކޮމިޝަނުން މިއަދު ޢާންމުކުރި ވީޑިއޯގައި ރިޟްވާން މާލެއިން ހުޅުމާލެއަށް ދާ ގޮތާއި، ހުޅުމާލެއަށް ގޮސް އޭނާގެ ގެއަށްދާ މަންޒަރު ދައްކައިދެއެވެ.
ވީޑިއޯގައި ވާގޮތުން ރިޟްވާނަށް ގެއަށްދެވޭނީ އޭނާ ގެއްލުނު ރޭ 1:45 ހާއިރުގައެވެ.

އޭނާ ދިރިއުޅޭ ފުލެޓު ކައިރީ އެ ވަގުތު ރަތް ކާރެއް މަޑުކޮށްފައި އޮންނައިރު، އެ ހިސާބާއި އަރައި ހަމަވުމުން ގަދަކަމުން ރިޟްވާން ޖަހައިގަނެ ކާރަށް އަރުވައެވެ. އެ މީހުންގެ އަތުން އެ ތަނަށް ވަޅިއެއް ވެއްޓުނު މަންޒަރު ވެސް ފެނެއެވެ.








Comments