ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވަލައިފި
- ޙުސައިން އަޙުމަދު

- Jul 11, 2021
- 1 min read

އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވައިލުމުގެ ބިލު ތަޞްދީޤު ކުރައްވައިފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރެއްވި މި ބިލަކީ، މި މަހުގެ 5 ވަަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ 2 ވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
މި ބިލަކީ ރެވެނިއު ސްޓޭމްޕް ޖެހުމަކީ ވިޔަފާރިތަކަށް ދަތިކަމަށްވެފައި، ދައުލަތުގެ އެކިއެކި އިދާރާތަކަށް ފައިސާ ދެއްކުމުގެ ފަސޭހަ އެހެން އާލާތްތައް ތަޢާރަފުކުރެވިފައިވުމާއެކު މި އިންތިޒާމުން ލިބޭ އާމްދަނީ ދަށްވަމުންދިއުމާއި، ސްޓޭމްޕް ޕްރިންޓުކުރުމަށް ޚަރަދު ތަކެއް ހިނގާތީ ރެވެނިއު ސްޓޭމްޕު ޖެހުމުގެ ނިޒާމު އުވައިލުމުގެ ވިސްނުމުގައާއި، ރައްޔިތުންނަށް ލުޔެއް ދިނުމުގެ ވިސްނުމުގައި ސަރުކާރުން ހުށަހަޅައި އުވައިލަން ނިންމާފައިވާ ބިލެކެވެ.








Comments