https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސަރވިސް ޗާޖްގައި މައްސަލަ އުޅޭނަމަ މިނިސްޓްރީއަށް އެންގުުުުުމަށް އެދިއްޖެ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 16, 2021
  • 1 min read

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަރވިސް ޗާޖުގައި މައްސަލައެއް އުޅޭކަން ފާހަގަވާނަމަ އެކަންތައް ޓޫރިޒަމް މިނިސްޓްރީއަށް އެންގުން މުހިންމުކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.



ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވަނީ ސަރވިސް ޗާޖުގެ ވާހަކައަކީ ދޭތެރެ ދޭތެރެއިން ވަރަށް ބޮޑަށް ދެކެވޭ ވާހަކައެއް ކަމަށާއި މިނިސްޓްރީން މިދަނީ ސިނާއަތުގެ މުވައްޒަފުންނާ ވަރަށް ގާތުން މަސައްކަތްކުރަމުން ކަމަށް ވިދާޅުވެފައެވެ.


މިނިސްޓަރު ވަނީ ފައިނޭންޝަލް ޓްރާންސެކްޝަންތައް މިހާރު މިގެންދަނީ އޮންލައިންކޮށް ކަމަށާއި ބޭންކް ޓްރާންސެކްޝަން ތަކަކީ ވަރަށް ފަސޭހައިން މިހާރު ބެލެން ހުންނަ މައުލޫމާތުކަން ފާހަގަކުރައްވައި ރިސޯޓްތަކުގައި މިހާރު މަސައްކަތްކުރާ މުވައްޒަފުންނަށް އެ ރިސޯޓަކަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބަލައި ރިސޯޓަށް އެމަހު ވަންނާނެ އާމްދަނީ އަންދާޒާ ކުރެވޭ ކަމަށާއި ސަރވިސް ޗާޖު ރަނގަޅަށް ނުލިބޭކަމަށް ވާނަމަ އެކަން މިނިސްޓްރީއަށް އަންގަން ވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެކަމަށް ހާއްސަ އީމެއިލެއް މިނިސްޓްރީން ހަދާފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް ވެސް އެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެއިތުރުން ސަރވިސް ޗާޖަކީ ރިސޯޓްގެ އާމްދަނީއާ ގުޅިފައި އޮންނަ އެއްޗެއް ކަމުން ސަރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ލިބޭ ވަރު ބޮޑުކުރުމަށް މިނިސްޓްރީން މަސައްކަތްކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބޮޑެތި މުސާރަ ލިބޭ މަގާމުތައް ދިވެހިންނަށް ހޯދައިދީ ދިވެހިން އަދާކުރާ ހިތްވާ މަގާމުތަކުގެ ވަޒީފާ ދިވެހިންނަށް ހޯދައިދިނުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނުގައިވާ ގޮތުން ނަމަ، ސަރވިސް ޗާޖަކީ ވަޒީފާދޭ ފަރާތުގެ ހައްގެއް ނޫނެވެ. އެއީ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފެއްގެ ހައްގެކެވެ.


ރިސޯޓަކަށް ވިޔަސް ނޫނީ ރެސްޓޯރަންޓަކަށް ވިޔަސް، ސަރވިސް ޗާޖެއް ނަގާނަމަ އެއީ އެ ނަގާ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގެކެވެ. ރިސޯޓްތަކުން މުވައްޒަފުންނަށް އެކަށީގެންވާ ސަރވިސް ޗާޖެއް ނުދޭކަމުގެ ވާހަކަތައް ދޭތެރެ ދޭތެރެއިން ފެންމަތިވާއިރު، ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ރިސޯޓްތަކުން ވަނީ ސަރވިސް ޗާޖުގެ ގޮތުގައި ބޮޑެތި އަދަދުތައް ދީފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page