ރިޒޯރޓް މުވައްޒަފުންނަށް ކަރަންޓީނު ވުމަކާއި ނުލާ ރަށަށް ދެވޭނެ
- ޙުސައިން އަޙުމަދު

- Jul 7, 2021
- 1 min read

ރިޒޯރޓު މުވައްޒަފުން ތެރެއިން ވެކުސިން ފުރިހަމަ ކޮށްފައި ތިބި ފަރާތްތަކަށް ރަށަށް ދިއުމުގެ ހުއްދަ ދިނުމަށް ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓަރު މައުސޫމް މިއަދު ވިދާޅުވީ، ރިޒޯރޓް މުވައްޒަފުން ތެރެއިން ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވުމުން ޕީސީއާރުޓެސްޓުން ފާސްވެގެން ކަރަންޓީނުވާން ނުޖެހި (މޮނިޓަރިންގަ އޮންނަ ރިޒޯރޓު/ރަށް ފިޔަވާ ) ރަށަށް ދެވޭގޮތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީތީ އުފާކުރައްވާ ކަމަށެވެ. އަދި މިކަމާއި ގުޅޭ ތަފުސީލު އެޗުޕީއޭއިން ލިބުމުން މިނިސްޓްރިން ރިޒޯރޓުތަކަށް އެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ. ވެކްސިން ފުރިހަމަ ކޮށްފައި ތިބި ރިޒޯރޓް މުވައްޒަފުންނަށް ކަރަންޓީނު ވުމެއް ނެތި ރަށަށް ދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވެފައި ވާއިރު، ކޯވިޑް 19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް މިއަދު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.








Comments