ވާދޫ ކައުންސިލް އިދާރާ ކުރިމަތީ އަނެއްކާ ވެސް އިހުތިޖާޖު
- ޙުސައިން އަޙުމަދު

- Dec 5, 2021
- 1 min read

ރ. ވާދޫ ކައުންސިލު އިދާރާ ކުރިމަތީގައި އެ ރަށު ޒުވާނުންތަކެއް އަނެއްކާވެސް އިހުތިޖާޖު ކޮށްފިއެވެ.
ވާދޫ ރައްޔިތަކު މިއަދު ބުނީ، ރޭ ގާތްގަނޑަކަށް 10:30 ހާއިރު އެ ރަށު ޒުވާނުން ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެފައިވަނީ ވަނީ ކައުންސިލާ ދެކޮޅަށް އެކިއެކި ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ކަމަށެވެ.

އެގޮތުން އޭނާ ބުނީ ވާދޫގައި ރޭ އެރަށުގެ ބަޔަކު އިހުތިޖާޖު ކޮށްފައިވަނީ، ކައުންސިލުން ރައްޔިތުންނާ ހިއްސާ ނުކޮށް ސިއްރުން ބައްދަލުވުމެއް ބާއްވައި، އެ ރަށު ސިޓީ ހޮޓާ މަޝްރޫއު މިހާރު ހަވާލު ކޮށްފައިވާ ކުންފުނި ނޫން އެހެން ބަޔަކަށް އެ މަޝްރޫއު ހިންގަން ހަވާލުކުރަން އުޅޭތީ ކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވާދޫގައި ފުޓްސަލް މުބާރާތް ނުބާއްވައި މީދާ މެރުމުގެ މުބާރާތެއް ބާއްވަން އުޅޭތީވެސް އެ ރަށު ޒުވާނުންތަކެއް ނިކުމެ ވަނީ އިހުތިޖާޖުކޮށްފައެވެ.








Comments