2023ގެ ރިޔާސީ އިންތިޚާބުގައި ރައުދާގެ ބައްޕަ، ޑރ.މުޙައްމަދު އާޠިފް ރައީސް ކަމަށް ވާދަކުރައްވަނީ
- Goal mv
- Jul 7, 2021
- 1 min read

2023 ވަނަ އަހަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން، ރާއްޖޭގެ ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޒާހިރު(އޯކޭ ޒާހިރު) އަދި ޑރ.މުޙައްމަދު އާޠިފް ހާމަކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޑރ.އާޠިފް ހާމަކުރެއްވީ ހުސްވި މަހުގެ 22 ގައެވެ. އޭނާ ވިދާޅުވި ގޮތުގައި 21 ވަނަ ޤަރުނުގެ ތަރައްޤީ ގެނެސްދެއްވައި، ރައްޔިތުންނަށް ތަނަވަސްކަމާއި، ފާގަތިކަމާއި، އަމާން ދިރިއުޅުމެއް ހޯއްދަވައިދެއްވުމުގެ ހިތްވަރު އޭނާގެ ކިބައިގައި އެބަހުރިއެވެ. ”އަހުރެންނަކީ ރައްޔިތުން ނަށް އިތުބާރުހިފޭނެފަދަ މީހެއް.“ ޑރ.އާޠިފް ވިދާޅުވިއެވެ.
މި ޤައުމުގައި ހަލާކުވެފައިވާ އިސްލާމީ މުޖުތަމަޢު އަލުން ބިނާކޮށް، ރައްޔިތުމީހާއަށް ފައިމައްޗަށް ތެދުވެ ހިންދަމައިލެވޭނީ މިދިޔަ 65 އަހަރުން ފެށިގެން ރައްޔިތުންގެ ހަޒާނާއިން ވައްކަންކޮށް، ލޫޓުވައި، ރައްޔިތު މީހާ ނިކަމެތިކޮށް އަޅުވެތިކުރި ސިޔާސީ ހީލަތްތެރިންނަށް ނޫނެކޭ ބުނެ، ބަދަލުގެނެސްގެންކަން ގަބޫލުކުރައްވާ ކަމަށްް ޑރ.އާޠިފް ވިދާޅުވިއެވެ.
އޯކޭ ޒާހިރު ވިދާޅުވީ، 2023 ވަނަ އަހަރުގައި ރައީސްކަމަށް ވާދަކުރައްވާން ނިންމެވުމުގެ މަޤުސަދަކީ ރައްޔިތުންނަށް ލާބައާއި މަންފާ ހޯއްދަވައިދެއްވުން ކަމަށެވެ.
ހަމައެހެންމެ އޭނާގެ މަޤްސަދަކީ އެމްޑީޕީން ވީ ވަޢުދުތަކުގެތެރެެއިން ނުފުއްދި ހުރި ވަޢުދުތައް ރައްޔިތުންނަށް ފުއްދަވައިދެއްވުން ކަމަށެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިިޙްގެ ރިޔާސަތުގައި މިއަދާއި ހަމައަށް ބާކީ ހުރި ވަޢުދުތަކާއި އެއްކޮށް ރައްޔިތުން ހިތްހަމަޖެހޭވަރުގެ ވަޢުދުތަކެއް ނުފުއްދި ބާކީ އޮތްނަމަ، އެ ވަޢުދުތަކަކީ އޭނާ ފުއްދަވައިދެއްވާނެ ވަޢުދުތައް ކަމަށެވެ.
އެމްޑީޕީއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ޒާހިރު ވަނީ ރައީސްކަމަކީ އޭނާ އަމިއްލައަށް ހޯއްދަވާން ބޭނުންވެވަޑައިގަންނަވާ މަޤާމެއް ނޫން ކަމަށާއި، ވަގުތުޖެހެންވާއިރަށް ރައްޔިތުންގެ ގިނަ ބަޔަކު އޭނާއަށް ތާއީދުކޮށް ބަލައިގެންފިނަމަ ރައީސްކަމަށް ކުރިމަތިނުލައްވަންވީ ސަބަބެއް ނެތް ކަމަށެވެ.








Comments