ރައީސް ޔާމިން ފުލުހަށް ހާޒިރުވާން އަންގައިފި
- މާހިރު މުޙައްމަދު
- Jul 10, 2021
- 1 min read

ކުރީގެ ރައީސް އަބްދުލްﷲ ޔާމިން ޢަބްދުލްޤައްޔޫމު މިއަދު ފުލުހަށް ހާޒިރުވެވަޑައިގަތުމަށް އަންގައިފިއެވެ.
ރައީސް ޔާމިނަށް ފުލުހަށް ހާޒިރުވެވަޑައިގަތުމަށް އަންގައިފައިވަނީ މިއަދު 14:00 ގައެވެ.
ރައީސް ޔާމިން ފުލުހަށް ހާޒިރުކުރަނީ އެމްއެމްޕީއާރްސީގެ ޚިޔާނަތާއި ގުޅިގެންކަމަށް މަޢުލޫމާާތު ލިބިފައިވެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ރައީސް ޔާމީން މި ވަގުތު ވެސް ގެންދަވަނީ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް އެ މަނިކުފާނު މިހާރު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައެވެ.








Comments