https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކޯވިޑްގެ ނުރައްކާ އޮތުމުން، ރައީސްގެ ޞާލިހަށް މަރުހަބާކިޔުން ބޮޑެތި އެއްވުންތަކާ ނުލާ!

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 16, 2021
  • 1 min read

ޯކޮވިޑްގެ ނުރައްކާ އަދިވެސް އޮތުމާއެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް މި ޖުލައި މަހުގެ 16 އިން 18 އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މަރުހަބާކިޔުމުގެ ބޮޑެތި އެއްވުންތައް ނުބާއްވާނެކަން ހާމަކޮށްފިއެވެ.


މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން ވަނީ ތިލަދުންމަތީ ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޚާއްސަ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަ ރިކުއެސްޓްތަކެއް ލިބިފައިވާކަން ހާމަކޮށްފައެވެ.


ނަމަވެސް، ކޯވިޑްގެ މި ހާލަތުގައި ގިނަ ބަޔަކު އެއްތަންވުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާނެކަން ރައީސް އޮފީހުން ފާހަގަކުރިއެވެ. މި ސަބަބައްޓަކައި ގިނަ ބަޔަކު އެއްތަންނުވާނެ ގޮތަކަށް މަރުހަބާގެ ކަންކަން އިންތިޒާމުކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކަށް އަންގާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.


ތިލަދުންމަތީ ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކުރައްވާ ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީއާއި، ހދ. ހަނިމާދޫގެ އިތުރުން އިތުރު ރަށްރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.


އެ ރަށްރަށުގައި މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫތަކުގެ އެންމެ ފަހުގެ އަޕްޑޭޓް ބައްލަވާލައްވާ ކައުންސިލްތަކާއެކު ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްޤީގެ މަޝްރޫޢުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުންކަމުގައިވާއިރު، މި ސިޔާސަތު މި ދަތުރުފުޅުގެ ތެރެއިން ކުރިއަރުވާން މަޝްވަރާކުރައްވާނެކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.


ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީޯކޮވިޑްގެ 4 ވަނަ ރާޅަށްފަހު ދަތުރުފަތުރުކުރުމަށް ލުއިތައް ދިނުމަށް ފަހު އެމަނިކުފާނު ރާއްޖޭގެ ރަށަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ޙާލަތަށް އައިސްފައިވާ ބަދަލާ އެކު، އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާ، ތަރައްޤީގެ މަޝްރޫޢުތަކާ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.ޯކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ޙާލަތަށް އައިސްފައިވާ ބަދަލާ އެކު، އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާ، ތަރައްޤީގެ މަޝްރޫޢުތަކާ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެކަމަށް އެ އޮފީހުން ހާމަކުރިއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page