https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކޮށްފި

  • މާހިރު މުޙައްމަދު
  • Oct 19, 2021
  • 1 min read

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފައިވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.


މި މަހުގެ 14 ވަނަ ދުވަހުގައި ރައީސް އޮފީހުން ހޯމް މިނިސްޓަރު އައްޝައިޚް އިމްރާނަށް ފޮނުއްވި ސިޓީއެއްގައި ވަނީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފައިވާކަމަށެވެ.


ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދަވައި، ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވައިފައިވާ ”މޯލްޑިވްސް ޕޮލިސް ސަރވިސް“ އަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ، “ދިވެހި ފުލުހުންގެ ޚިދުމަތް“ ކަމުގައި އެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ދިވެހި ފުލުހުންގެ ޚިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއްކަމުގައި ކަނޑައަޅައިފައެއް ނުވެއެވެ.


ހޯމް މިނިސްޓްރީގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް ހިންގަމުންދާ ގޮތަށް ހަމަޖައްސަވާފައި އޮތް އޮތުން މި އަހަރުގެ މާޗު 27 އިން ފެށިގެން ނިމުމަކަށް ގެންނަވާފައިވާ ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށް ހޯމް މިނިސްޓަރަށް ސިޓީގައި ބަޔާންކުރައްވައިފައިވެއެވެ.


މީގެ އިތުރުން ހޯމް މިިނިސްޓްރީގެ މަސައްކަތް ދެން ކުރަން ހަމަޖައްސާފައިވާ ގޮތުގެ ލިޔުމެއް ރައީސް އޮފީހުން ވަނީ މިިނިސްޓަރު އިމްރާނަށް ފޮނުއްވައިފައެވެ. މި ސިޓީއާއި ގުޅިގެން ސަރުކާރުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ހާމަ ނުކުރައްވާާާާާފައި ނުވެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page