ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
- Goal mv
- Jul 18, 2021
- 1 min read

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހދ. ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފައްޓަވާދެއް ވައިފިއެވެ.
އެކަމަށްޓަކައި މިއަދު ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޝާހިދާއި، މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ. ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން، 20 މަގެއްގެ 44،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ އެ މަޝްރޫއަކީ 9.71 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ރައީސް ފައްޓަވާދެއްވީ، އުތުރުގެ 3 ރަށަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.








Comments