https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސިޔާސީ ފަރާތްތަކުން ނުކުމެ ތިބީ ސަރުކާރު ވައްޓައިލަން- މޫސަ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 23, 2021
  • 1 min read

ރާ

އްޖޭގެ ގިނަ ސިޔާސީ ފަރާތްތަކުން ނުކުމެ ތިބީ ސަރުކާރު ވައްޓައިލަންކަމަށް، ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މޫސާ މަނިކު(ރީކޯ) ތުހުމަތުކުރައްވައިފިއެވެ.


ދުނިޔޭގެ ކޯވިޑުގެ ހާލަތަށް ޢިޝާރަތްކުރައްވަމުން ރޭ މޫސަ ވިދާޅުވީ ‏ކޯވިޑްގެ މި ހާލަތުގާ ދުނިޔެއަށް އައި ހީނަރުކަން ރާއްޖެއަށް ވެސް ކުރިމަތިވި ކަމަށާާާާާއި އެކަމުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ސިޔާސީ ފަރާތްތަކުން މަސައްކަތް ނުކުރައްވާކަމަށެެެެވެ. އޭގެ ބަދަލުގައި ތަފާތު ބަހަނާ ދައްކަމުންދާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.


މޫސަ ތުހުމަތު ކުރެއްވި ގޮތުގައި، އެފަދަ ފަރާތްތަކުން އަރުވާޖަހައިފައި ނުކުމެ ތިބީ ސަރުކާރު ވައްޓައިލުމަށް މަސައްކަތް ކުރުމަށެވެ.


ރީކޯ މޫސަ އެފަދައިން ވިދާޅުވެފައި މިވަނީ ވެރިކަން ކުރާ މައިޕާޓީކަމަށްވާ އެމްޑީޕީގެ ތެރޭގައި ހައިޖާނު އުފެދި، އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި، އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ރައީސް ނަޝީދު ވަނީ ސިޔާސީގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އެއްކޮށް ދެން ނުހުންނަވާނެކަން ވެސް ހާމަކުރައްވައި ވަނިކޮށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page