ސަހަލުކަމެއް މިތާ އެބަ ހިނގާތަ- ދިޔާނާ
- Goal mv
- Jun 30, 2021
- 1 min read

އަންހެނުން ޚިތާނުކުރުމާމެދު މުއައްސަސާތަކުން ދެކޭގޮތް ބެލުމަށް ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީން ނިންމުމާއި ގުޅިގެން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު ފާޑުވިދާޅުވެއްޖެއެވެ.
އަންހެނުން ޚިތާނުކުރުން ނުވަތަ ފީމޭލް ޖެނިޓަލް މިއުޓިލޭޝަން(އެމްޖީއެމް) އަށް، ޑރ.މުޙައްމަދު އިޔާޟް ހިތްވަރުދެއްވާކަމަށް ބުނެ ކޮމިިޓީއަށް ހުށަހެޅުއްވި މައްސަލައިގައި، ކޮމިޓީން އިއްޔެ ނިންމީ އިސްލާމިކް މިނިސްޓްރީންނާއި، ފަތުވާ މަޖިލީހާއި، ފިޤްހު އެކަޑަމީގެ ރައުޔެއް ހޯދުމަށެވެ.
އެ ގޮތުން ދިޔާނާ މިއަދު ވަނީ ސަހަލުކަމެއް މި ޤައުމުގައި އެބަ ހިނގާތޯ ސުވާލުކުރައްވައިފައެވެ. އަދި އަންހެނުން ޚިތާނުކުރުމާމެދު ރައުޔެއް ހޯދަން ނުޖެހޭ ކަ މަށާއި، އެއީ ޤާނޫނުއަސާސީގެ 54 ވަނަ މާއްދާގެ ތަރަހައިގެތެރެއިން މަނާ ޢަމަލެއްކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.
”ސަހަލުކަމެއް މިތާ އެބަ ހިނގާ. ބަލަ ތިޔައީ ޤާނޫނުއަސާސީގެ 54 ވަނަ މާއްދާގެ ތަރަހައިގެތެރެއިން މަނާ ޢަމަލެއް. ތިޔަކަށް މަނިއްޕުޅާއި، މި މަނިކުފާނާއި، ދެން ހުންނެވި ތަކުރު ދެކެވަޑައިގަންނަވާ ގޮތެއް ބޭނުމެއްނުވާނެ.“ ދިޔާނާ ވިދާޅުވިއެވެ.
އަންހެނުން ޚިތާނުކުރުމަކީ ޤާނޫނުއަސާސީގެ 54 ވަނަ މާއްދާގެ ތަރަހައިގެތެރެއިން މަނާ ޢަމަލެއްކަމަށް ދިޔާނާ ވިދާޅުވާއިރު، އެ މާއްދާގައި ވަނީ، އެއްވެސް މީހަކަށް، ރަހުމުކުޑަ، ލާއިންސާނީ، އިހާނެތިކަމެއް ކޮށްގެނެއް ލާއިންސާނީ އަދަބު ނުދިނުން ނުވާނެ ކަމަށެވެ. އަދި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް އެއްވެސް މީހަކަށް ދީގެނެއް ނުވާނެ ކަމަށާއި, އެއްވެސް މީހަކަށް އަނިޔާކޮށްގެނެއް ނުވާނެ ކަމަށެވެ.
އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ އަންހެނުން ޚިތާނުކުރުމަކީ ”ފީމޭލް ޖެނިޓަލް މިއުޓިލޭޝަން“(އެފްޖީއެމް) އަކީ ތަފާތު ދެކަމެކެވެ. އެފްޖީއެމްއަކީ ފިރުޢައުނީ ޚިތާނެވެ. ފިރުޢައުނީ ޚިތާނަކީ ކްލިޓޮރިސް އާއި، ލެއިބިއާ މައިނޯރާ ކަނޑައިލުން ނުވަތަ ބޭރަށްވާ ބައި އެއްކޮށް ކަނޑައިލުމެވެ. ހަމައެހެންމެ ލެއިބިއާ މެޖޯރާގެ ބޮޑުބައި ކަނޑައިލުމާއި، ކުޑަކަމުދިއުމަށާއި ޙައިޟުގެ ލޭ ބޭރުކުރުމަށް ކުޑަ ތަންކޮޅެއް ދޫކޮށްލައިފައި، ދެން ހުރި ބައިތައް އެއްކޮށް ފެހުމެވެ.
ކަންމިހެން ހުރި އިރު، މި ޖަރީމާއަކީ ދިޔާނާ އެ ޢިޝާރަތްކުރެއްވި މާއްދާއަށް ފެތޭ، އަދަބުލިބިގެންވާނެ ޖަރީމާއެކެވެ. ނަމަވެސް އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ އަންހެނުން ޚިތާނުކުރުމަކާއި އެ ޤާނޫނާއި ގުޅޭނެ އެއްވެސް ގޮތެއްނެތެވެ.








Comments