ރައީސް ޞާލިޙަކީ ވަންވޭ ފަސްޓް ކުލާސް ޓިކެޓްގައި ނަރަކައަށްދާނެ ބޭފުޅެއްކަން ގެރެންޓީ- ޒާހިދު
- ޙުސައިން އަޙުމަދު

- Aug 14, 2021
- 1 min read

ރައީސް ޞާލިޙަކީ ވަންވޭ ފަސްޓް ކުލާސް ޓިކެޓްގައި ނަރަކައަށްދާނެ ބޭފުޅެއްކަން ގެރެންޓީ- ޒާހިދު
ޒާހިދު ކުރެއްވި ޓުވީޓް ރައީސް ޞާލިޙަށް ޓެގްކުރައްވައި ސުވާލު ކުރައްވާފައި ވަނީ މިއަދު ހުކުރަށް ވަޑައިގެންނެވިންތޯ އާއި ހުކުރު ޚުޠުބާ އަޑު އެއްސެވިންތޯއެވެ.
”ރައީސް ޞާލިޙް ހުކުރަށް މިއަދު ދިޔައިންތަ؟ ހުކުރު ޚުޠުބާ އަޑު އެހިންތަ؟ ވަންވޭ ޓިކެޓްގައި، ފަސްޓް ކުލާސްގައި މަނިކުފާނު ދާނީ ނަރަކައަށް. ގެރެންޓީ“ ޒާހިދު މިއަދު ކުރެއްވި ޓުވީޓުގައިވެއެވެ.
އެ ޓުވީޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ ޒާހިދަށް ފާޑުކިޔާފައެވެ.
މި ގޮތުން އައްޝައިޚް ޢަލީ ޒައިދު ވަނީ މިއީ ކޮންފަދަ ޖާހިލު ބުނުމެއްތޯ ސުވާލުކޮށްފައެވެ. އަދި ނަރަކައަށްދާނެ މީހާ ދެނެވޮޑިގެންވަނީ މަތިވެރި ރައްބު ކަމަށާއި، މި ގޮތަށް ވާހަކަދެއްކިގެން ނުވާނެކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.
”މި ވާހަކަ ދީނާއި ކަނޑައެޅިގެން ޚިލާފު، މި މައްސަލަ އިސްލާމިކް މިނިސްޓްރީއާއި ޕޮލިހުން ބެލުމަށް ގޮވައިލަން.“ ޒައިދު ވިދާޅުވިއެވެ.








Comments