https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރައީސް ސޯލިހު އާއެކު ދެން ސިޔާސީ ގޮތުން މަސައްކަތް ކުރެވެން ނެތް- ނަޝީދު

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 12, 2021
  • 1 min read

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއެކު ދެން ސިޔާސީ ގޮތުން މަސައްކަތް ކުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.


ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕްއަކަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހްއާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި ނުވެސް ޖެހޭނެ ކަމަށާއި، އެހެންނަމަވެސް ރައީސް ސޯލިހު އާއި މިހާރު ފިކުރީ ގޮތުން ހިޔާލު ތަފާތު ވެފައި ވާކަމަށެވެ.


މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީނާއި ޕީޕީއެމް އިން މެދު މިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެބޭފުޅުންގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.


އެމްޑީޕީ ތެރޭގައިވެސް މިހާރު ހަރުކަށި ފިކުރު އަށަގެންފައިވާ ކަމަށާއި، މިހާރު އެމްޑީޕީ ތެރޭގައި އޮތީ ކޯލިޝަން ޕާޓްނަރުންނާއި ޗީފް އޮފް ސްޓާފްގެ ވިސްނުން ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ދުވަހަކު ވެރިކަން ނުހޯދުނަސް އެފަރާތްތަކާއި އެކު އުޅެން ބޭނުން ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


”ވެރިކަމެއް ބޭނުމެއް ނޫން، އެކަންވެސް ކުރެވިއްޖެ، ނުކުރެވޭ އެއް ކަމެއްވެސް ނެތް. ރައީސުލްޖުމްހޫރިއްޔާވެސް އެހުރީ ތާށިވެފައި“ ރައީސް ނަޝީދު ވިދާޅުވިއެވެ.


މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، މިކަމުގައި އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަނުޖެހުނަސް ކުރެވޭނެ ކަމެއް ވެސް ނެތް ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page