https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރައީސް އޮފީހުން ނީލަން ކިޔަނީ ތައްޔާރުވެއްޖެ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Aug 15, 2021
  • 1 min read

ރައީސް އޮފީހުގައި ހުރި ބާއު ތަކެތި ނީލަމުގައި ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރުވެއްޖެއެވެ.


2021 އޮގަސްޓު 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އަމީނީ މަގުގައި ހުންނަ ރައީސް އޮފީހުގައި ހުރި ބާވެފައިވާ ބައެއް ތަކެތި ނީލަމުގެ އުޞޫލުން ނީލަންކިޔުން ރިހިޖެހިކޮށީގައި އޮންނާނެ ކަމަށާއި އެ ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2021 އޮގަސްޓު 18 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ރިހިޖެހިކޮށްޓަށް ޙާޟިރުވުމަށް ރައީސް އޮފީހުން އެދެ ކަމަށެެވެ.


ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު ތިރީގައިވާ ލިންކުން ލިބޭނެއެވެ.

https://www.gazette.gov.mv/iulaan/download-attachment/39895


ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2021 އޮގަސްޓު 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ރިހިޖެހިކޮށްޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުމަށް ރައީސް އޮފީހުން ވަނީ އެދެފައެވެ. 


ނީލަމުން ތަކެތި ނަގާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، އޮފީހަށް ފައިސާ ދެއްކުމަށް ފަހު، ސަރުކާރު ބަންދު ނޫން 5 ދުވަހުގެތެރޭގައި ތަކެތި ގެންދަންވާނެ ކަމަށް ރައީސް އޮފީހުން ކޮށްފައިވާ އިޢުލާނުގައިވެއެވެ.

 


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page