https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރައީސް ނަޝީދުގެ ބޮޑީގާޑު އިލްހާމްގެ ކަނދުރާގެ އޮޕަރޭޝަނެއް ކުރަނީ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 28, 2021
  • 1 min read

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީަަަަށް ދިން ބޮމުގެ ހަމަލާގައި އަނިޔާވި އެމަނިކުފާނުގެ ހަށިފާރަވެރިޔާ އިލްހާމް އާދަމްގެ ކަނދުރާގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިއްޖެއެވެ.


މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދުގެ ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެ އިން ނުކުމެވަޑައިގެން މަޖީދީ މަގުގެ ކަންމަތީގައި އޮތް ކާރު ކޮޅަށް އަރާވަޑައި ގަންނަވަނިކޮށް، ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއް ގޮއްވާލައި ދިން ހަމަލާގައި ލިބުނު ޒަހަމްތަކާ އެކު އެމަނިކުފާނު ބިންމައްޗަށް ވެއްޓިފައި އޮންނަވަނިކޮށް، ނަގައި ކާރަށް އެރުވީ އިލްހާމެވެ.


ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު މިއަދު ވިދާޅުވީ، އެ ހަމަލާގައި އިލްހާމްގެ ކަނދުރާގެ ޑިސްކު ހަލާކުވެފައިވާތީ މާދަމާ އައިޖީއެމްއެޗުގައި އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އޭނާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެ އެވެ.


މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދިި ލިބޭގޮތް ވަނީ ނުވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page